ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރާއްޖެ އަދި އިންޑިއާ
ކޭސްތައް އޮބިނޯވެ، އިންޑިއާގެ ހާލަތައް ރާޖެ ވިޔަނުދެމާ!
ރާއްޖެއަށް ކޮވިޑްގެ އިތުރު ރާޅެއް ބިންދާލާފައި ވާއިރު ކޭސްތަކުގެ އަދަދުވަނީ ރިކޯޑް އަދަދަކަށް މައްޗަށް ގޮސްފަ އެވެ.
Advertisement

ފާއިތުވެދިޔަ ފަސް ދުވަހަށް ބަލާލާއިރު 200 ގައި އޮތް ނަންބަރުތަށް މިހާރު ވަނީ 800 އާ ގާތްކޮށްފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް މިހާ ގިނަ ބަޔަކު އެއްފަހަރާ ކޮވިޑްއަށް ޕޮޒިޓިވްވެފައިވާ ފަހަރެވެ.

ފާއިތުވީ 24 ގަޑީރުގެ ކޭސްތަކުގެ އަދަދު 785 އަށް އަރާފައިވާއިރު މާލޭ ސަރަހައްދުން އެކަނިވެސް ވަނީ 540 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 7109 އަށް އަރާފައި ވާއިރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވަނީ 198 އަރާފަ އެވެ.

އަދަދުތައް މައްޗަށް ގޮސް އައިސީޔޫ އަދި ކޮވިޑް ފެސިލިޓީތަކުގެ އެނދުތައް މިހާރު ފުރިފައިވާ ކަމަށް މިރޭ އެޗްޕީއޭއިން ބޭއްވި ޕްރެސްގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ. މިދާ ރޭޓުން ކޭސްތަކުގެ އަދަދު މައްޗައް ދާނަމަ އެނދުގެ ދަތިކަމާ ދިމާވެދާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ބިރުވެރިކަން އިންތިހާ ދަރަޖާގައި އޮތްއިރު ހެލްތް ސެކްޓަރުގައި މަސައްކަތްކުރާ މީހުންގެ ދަތިކަން ދިމާވެ ވޮލެންޓިއާކޮށް މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ހެލްތް މިނިސްޓްރީން ވަނީ އިއުލާނު ކޮށްފަ އެވެ. އަދި ރާއްޖެއަށް އިތުރު ޑޮކްޓަރުން ހޯދަމަށް ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.

ރާއްޖޭގެ ހާލަތުގެ އަޑު އިވުމުން އެންމެ ފުރަތަމަވެސް ބޮލަށް އަންނަނީ އަވަށްޓެރި އިންޑިއާގެ މިހާރުގެ ހާލަތެވެ. އެ މިސްރާބަށް ރާއްޖޭގެ އަމާޒު މިހާރު މިވަނީ ހިފާފަ އެވެ. 

އަވަށްޓެރި އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ އެ ގައުމު ވަނީ އޮކްސިޖަނަށް ޖެހިފަ އެވެ. އަދި އެގަމުން ކޮންމެ ގަޑިއިރަކު 120 މީހުން ކޮވިޑް ބަލީގައި މަރުވާކަމަށް ޑަބްލިއު އެޗްއޯއިން ވަނީ ބުނެފަ އެވެ.

މިގޮތުން އޭޕްރީލް 27 ވަނަ ދުވަހުން މޭ 4 ވަނަ ދުވަހާއި ހަމައަށް މުޅި ދުނިޔޭގައި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 5.7 މިލިއަން މީހުންނެވެ. އިންޑިއާގައި މިހާރުވެސް 2.6 މިލިއަން މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި އެބަތިއްބެވެ. 

މުޅި ދުނިޔެއިން އެ މުއްދަތުގެ ތެރޭގައި 93،000 މީހުން މަރުވެފައިވާއިރު، 23،000 މީހުން މަރުވެފައިވަނީ އިންޑިއާއިންނެވެ.

އިންޑިއާއިން މިއަދުވެސް ވަނީ އިތުރު 382،146 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ބަލީގައި 3780 މީހުން ވަނީ މަރުވެފަ އެވެ.

އަވަށްޓެރި އިންޑިއާގެ ހާލަތަށް ވިސްނާ ދިވެހިން މިއަދު ވިސްނަން ޖެހެ އެވެ. ރާއްޖެއަކީ އިންޑިއާއަށްވުރެ ވަސީލަތްތައް މަދު ގައުމަކަށް ވާއިރު ކޭސްތަކުގެ އަދަދު މިދާ ރޭޓުން ދާނަމަ ރައްޔިތުން އަނދިރި ފުން އަނދަވަޅަކަށް ވެއްޓުން އެކަށީންގެން ވެއެވެ.

އެހެންކަމުން ލޯބިވާ އާއިލާއާއި ގައުމަށްޓަކައި ފަރުދީ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން މިއަދު އެބަ ޖެހެއެވެ. އަދި ކަމާބެހޭ މުއައްސަސާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަބަން އެބަ ޖެހެއެވެ. ކޮވިޑްގެ އާލަމީ ވަބާއިން އަރައިގަނެވޭނީ ހުރިހާ ފަރުދުންގެ ވެސް އެއްބާރުލުމާ އެކުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް