ads
ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ޕްރީ އިވެންޓްގެ ތެރެއިން-- ފޮޓޯ: ދިރާގު
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ޕްރީ އިވެންޓް ބާއްވައިފި
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާ ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ޕްރީ އިވެންޓް އެކުވެނި ދުވާ ޓްރެކްގައި ބާއްވައިފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާ ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ޕްރީ އިވެންޓް އެކުވެނި ދުވާ ޓްރެކްގައި ބާއްވައިފި އެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި އެކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލެވެ. މިއަދު ބޭއްވި ޕްރީ އިވެންޓަކީ މި ފެސްޓިވަލްގެ ވާދަވެރި ދުވުމުގެ ހަރަކާތެވެ.

މިއަހަރުގެ ޕްރީ އިވެންޓުގައި ހަ ކެޓަގަރީ އަކުން ދަރިވަރުން ވާދަ ކުރި އެވެ. އެއީ ފަސް އަހަރާއި ހަ އަހަރުގެ 50 މީޓަރުގެ ކެޓަގަރީ، ހަތް އަހަރާއިނުވަ އަހަރުގެ 80 މީޓަރުގެ ކެޓަގަރީ، ނުވަ އަހަރާއި 12 އަހަރުގެ 100 މީޓަރުގެ ކެޓަގަރީ، 12 އަހަރާއި 15 އަހަރުގެ 200 މީޓަރުގެ ކެޓަގަރީ، 15 އަހަރުން މަތީގެ 300 މީޓަރުގެ ކެޓަގަރީ އަދި 200 މީޓަރުގެ ވީލްޗެއަ ކެޓަގަރީ އެވެ.

މި އިވެންޓުގައި ވަނަ ވަނައަށް ދާ ކުދިންގެ މެޑަލް ހަވާލު ކުރުން އޮންނާނީ ދިރާގު ސެޕްޝަލް ސްޕޯޓްސް ފެސްޓިވަލް ގެ މެއިން އިވެންޓުގަ އެވެ. މި އިވެންޓުގައި މެޑަލް ހަވާލު ކުރުމުގެ އިތުރުން ތަފާތު ފޯރިގަދަ ކުޅިވަރުތައް ކުރިއަށް ދާނެ އެވެ.

ދިރާގުން ބުނީ މި ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށް ވެސް ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމިއްލަ ނަޕްސަށް އިތުބާރު ކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް މި ފެސްޓިވަލްގެ މަގްސަދެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ސްކޫލްތަކާއި އެންޖީއޯތަކަށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލުގައި މިއަހަރު ހަތަރު އެންޖީއޯ އަދި 14 ސްކޫލުން ބައިވެރިވި އެވެ.

އެއީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕިޒިކަލް ޑިސްއޭބަލްސް، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން، ކެއާ ސޮސައިޓީ އާއި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން އެވެ.

ސްކޫލްތަކުގެ ތެރޭގައި ހިމެނެނީ، އަމީރު އަހުމަދު ސްކޫލް، ކަލާފާން ސްކޫލް، އިމާދުއްދީން ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ރެހެންދި ސްކޫލް، މުހިޔުއްދީން ސްކޫލް، ގާޒީ ސްކޫލް، ހިރިޔާ ސްކޫލް، މާފަންނު މަދަރަސާ، ގަލޮޅު ސްކޫލް، ހުރަވީ ސްކޫލް، ތާޖުއްދީން ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ އިތުރުން ޖަމާލުއްދީން ސްކޫލެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް