
މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ މިރޭ މާލޭގެ ނީލޯފަރުމަގާއި މަޖީދީމަގު ގުޅުނު ކަންމަތީގައި އެއްޗެށް ގޮއްވާލި ހާދިސާގައި ކުރީގެ ރައީސް އަދި މިހާރު ރަށްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ވަނީ އަނިޔާލިބިފައި ކަމަށެވެ. އަދި މިހާރު އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ މިހާރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް މީހުން އެއްނުވުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅުކަމަށްވާ ގ. ކެނެރީގެ ހިމެނޭ ސަރަހައްދު، މާލޭގެ ނީލޯފަރުމަގާއި މަޖީދީމަގު ގުޅުނު ކަންމަތީގައެވެ. ބެލެވޭ ގޮތުގައި ރިމޯޓް ކޮންޓްރޯލް ޑިވައިސް ގޮއްވާލާފައިވަނީ ރައީސް ނަޝީދު ގ.ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރަށް އަރަން ވަޑައިގަންނަވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ ކެނެރީގޭ ކައިރީގައި އެއްޗެއް ގޮއްވާލި ހާދިސާގައި ރައީސް ނަޝީދަށް އަނިޔާތަކެއް ލިބިވަޑައިގެންނެވިކަމަށެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގައި ރައީސް ނަޝީދަށް ފަރުވާދެމުންދާކަމަށް އީވާ ވިދާޅުވިއެވެ.
ސާޖަރީތައް ނިމި ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް އާއިލާއިން ހާމަކޮށްފިއެވެ.
ފުލުހުންގެ ޕްރެސްކޮންފަރެންސް ނިންމާލައިފި
ރައީސް ނަޝީދުގެ ސެކިއުރިޓީ އަދިވެސް ބަލަހައްޓަނީ ސިފައިން
އިނގިރޭސި ވިލާތް، އޮސްޓްރޭލިއާ، އިންޑިއާ އަދި އެމެރިކާގެ ގެ އެހީތެރިކަން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން އަންނަނީ ލިބެމުންކަމަށް ފުލުހުން ހާމަކޮށްފި
ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދެން ގޮއްވާލި ސައިކަލުގެ މައުލޫމާތު ލިބިއްޖެކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ސްޓޭޓް އޮފް އެމަޖެންސީ ގެންނަންޖެހޭ ހަލަތެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ މައްސަލައެއް އޮތްތޯ ބެލުމަށް ހިންގާ ތަހުގީގުތަކަށް އެއްބާރުލުން ދޭނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ
ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ސިފައިން ބައިވެރިވާކަމަށް އަދި ނުބެލެވޭކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކުރިން މިފަދަ ހަމަލާތައް ހުއްޓުވާފައި ވެސް ހުންނާނެކަމަށް ފުލުހުން ބުނެފި
ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ އިންޓަލިޖެންސް ކުރިން ނުލިބޭ ކަމަށް ފުލުހުން ބުނެފި އެވެ.
ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ އިންޓަލިޖެންސް ކުރިން ނުލިބޭ ކަމަށް ފުލުހުން ބުނެފި
ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ހަތަރު މީހަަކު ފާހަގަވެފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ކޮންމެ މީޑިއާއަކަށް ވެސް ސުވާލުކުރަން ދެނީ އެއް ފުރުސަތު
ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައި، ބޭރުގެ މުއައްސަސާތަކުގެ އެހީތެރިކަން ވެސް ހޯދަމުން ގެންދާނެކަމަށް ފުލުހުން ބުނޭ
ފުލުހުން: ތަހުގީގު ކުރިއަށް ދަނީ ޕީޖީއޮފީހާއި ވެސް ގުޅިގެން
ފުލުހުން ބުނީ މިހާރުވެސް ރައީސް ނަޝީދުގެ އޮޕަރޭޝަން ކުރިއަށް ދާ ކަމަށް
ފުލުހުންގެ ޕްރެސް ކޮންފަރެންސް ފަށައިފި
ފުލުހުންގެ ޕްރެސް 1430 އަށް ލަސްކުރައްވައިފި
ރައީސް ނަޝީދަށް ދިން ހަމަލާ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސައުދީގެ ސަފީރު ކުށްވެރި ކުރައްވައިފި.
މިހާރު ކުރިއަށްދަނީ ރައީސް ނަޝީދުގެ ހަތަރު ވަނަ ސާޖަރީ. މައުލޫމާތު ލިބޭ ގޮތުގައި މިހާރު ކުރިއަށް ދަނީ ހަމާލާގައި ހަޅިގަނޑަށް ވަދެފައިވާ އެކި އެތިކޮޅުތައް ނެގުމުގެ ފަހު މަރުހަލާ
މިއަދު މެންދުރު ފަހު 1400 މިނެޓުގައި ފުލުހުން ޕްރެސްއެއް ބާއްވަނީ
މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ދަނީ ހަތިޔާރާއެކު ފޯރިމަރަމުން. މިގޮތުން މާލޭގެ ބޮޑެތި އޮފީސްތައް ފަދަ ތަންތަނުގެ ބޭރުގައި ފުލުހުން އެބަތިބި
ރައީސް ނަޝީދުގެ ޗިސްމޭ (ލިވާ) ގެ އޮޕަރޭޝަނެއް ވެސް ކުރިއަށްދާކަމަށް މައުލޫމާތު ލިބޭ. އޮޕަރޭޝަން ކުރިއަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި.
ރައީސް ނަޝީދުގެ ގޮހުރެ އޮޕަރޭޝަނެއް މިހާރު ކުރިއަށް އެބަދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތިގައި މި އޮޕަރޭޝަން ނިމޭނީ މިއަދު ހެނދުނު ހައެއް ޖަހާއިރު އެވެ.
ކެބިނެޓުގެ ގިނަ މިނިސްޓަރުން މިވަގުތު އޭޑީކޭގައި
ރައީސްގެ ވާހަކަފުޅު ނިންމަވާލައިފި
ހަމަލާގެ ތަހުގީގުގައި ދިވެހި ފުލުހުންގެ އިތުރުން ބައިނަލް އަގްވާމީ ފުލުހުން ވެސް ހަރަކާތްތެރިވާނެ: ފުލުހުން
މިއީ ރާއްޖޭގެ އިގްތިސާދަށާއި ޑިމޮކްރެސީއަށް ދިން ހަމާލެއް. މިފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދޭން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަން: ރައީސް
ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިނގުމަށް އޮސްޓޭރިލިއާގެ ފުލުހުން ހޮނިހިރު ދުވަހު ރާއްޖެ އަންނާނެ: ރައީސް
ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން: ރައީސް
މިރޭ 2:30 ގައި ރައީސް ގައުމާއި މުހާތަބު ކުރައްވަނީ
ރައީސް ނަޝީދުގެ ބޮޑީގާޑުގެ އަތް ޒަހަމްވެފައި ފޮޓޯ:---
ޖަލްސާ އަނެއްކާ ވެސް މެދުކަނޑާލައިފި. ނަމަވެސް އިވާ ވިދާޅުވީ މައުލޫމާތު ލިބޭ ވަރަކުން ހިއްސާ ކުރަމުން ގެންދާނެ ކަމަށް
ރައީސް ނަޝީދަށް ފޮނުއްވަމުންދާ ހެޔޮ ދުއާގެ މެސެޖުތަކަށް، މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ޝުކުރުވެރިވަން: އިވާ
ހަމަލާގައި އަނިޔާވި ތިން އެސްޕީޖީ އޮފިސަރުން ވެސް ފަރުވާއަށްފަހު ދޫކޮށްލައިފި: އީވާ
އޭޑީކޭގައި ރައީސް ނަޝީދުގެ ސާޖަރީއެއް ކުރިއަށް އެބަދޭ: އީވާ
މަޖިލީހުގެ ޖަލްސާ އަލުން ފަށައިފި
ނަޝީދުގެ ހާލު ސިރިޔަސް: އާޒިމް
ރައީސް ކުޑައިރުކޮޅެއް ތެރޭގައި ގައުމާއި މުހާތަބު ކުރައްވާނެ: ތަރުޖަމާނު
ރައީސް ނަޝީދުގެ އިތުރު ސާޖަރީތަކެއް ހެދުމަށް ތައްޔާރުވަމުންދާ ކަމަށް އޭޑީކޭއިން ބުނެފި
ރައީސް ނަޝީދަށް ދިން ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް: މަޖިލިސް
މިރޭގެ ހަމަލާއާ ގުޅިގެން ޖޭޕީގެ ލީޑަރ، ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓް
ރައީސް ނަޝީދުގެ ސިއްހީ ހާލަތުގެ ފުރިހަމަ މައުލޫމާތު ލިބެންދެން މަޖިލިސް ޖަލްސާ ކުރިއަށް ގެންދަން ނިންމައިފި
ރައީސް ނަޝީދަށް ދިނީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ސިފަކޮށްފި
ހަމަލާއާ ގުޅިގެން ފަރުވާ ދިނުމަށް ގެންދެވުނު 3 ސިފައިންގެ ބޭކަލުނގެ ތެރެއިން އެކަކު ދޫކޮށްލައިދި
އަލިކިލެގެފާނު މަގުގައި ސިފައިން ހަރަކާތްތެރިވަނީ
އަލިކިލެގެފާނު މަގުގައި މިވަގުތު ސިފައިންދަނީ ހަރަކާތްތެރިވަމުން
އޭޑީކޭ ކުރިމަތީ ފުލުހުން ހަރަކާތްތެރިވަނީ
ހަމަލާދިން ސަރަހައްދުގައި ފުލުހުން ފޮޓޯ:--
ހަމަލާދިން ސަރަހައްދުގައި ފުލުހުންގެ ފޮރެންސިކް ޓީމް އިން ހަރަކާތްތެރިވަނީ
ހަމަލާދިން ސަރަހައްދުގައި ފުލުހުން ފޮޓޯ:--
ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަނީ
ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ
ރައީސް ނަޝީދަށް ދިން ހަމަލާ އުރޫދޫއިން ކުށްވެރިކޮށްފި
އެމެެެރިކާއިން ރާއްޖެ އަދި ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހަމަލާ ކުށްވެެެރިކޮށްފި
ނައިބު ރައީސް ފައިސަލް ނަސީމު، މިރޭގެ ހަމަލާ ކުށްވެރިކޮށް ކުރެއްވި ޓްވީޓު
މިރޭގެ ހަމަލާ ކުށްވެރި ކުރައްވާ، ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ޓްވީޓް ކުރައްވައިފި
ހައްޖު ކޯޕަރޭޝަނުން ވެސް މިރޭ މާލޭގައި ދިން ޓެރަރިސްޓް ހަމަލާކުއްވެރިކޮށް ޓްވީޓްކޮށްފި
އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރ ޑރ. ޖައިޝަންކަރު ވެސް މިރޭ ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް ޓްވީޓު ކުރައްވައިފި އެވެ. މިރޭގެ ހަމަލާ ކުށްވެރި ކުރައްވަމުން ޑރ. ޖައިޝަންކަރު ވިދާޅުވީ ރައީސް ނަޝީދަކީ ބިރުގަނެ ފަސްޖެހޭނެ ބޭފުޅެއް ނޫން ކަމަށެވެ.
ޑިރާގުން މި ހަމަލާއާ ގުޅިގެން ކުރި ޓްވީޓެއް
ރައީސް ނަޝީދަށް ދެވުނު ހަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެ ކަމަށް ރައީސް ވިދާޅު ވެއްޖެ
ލަންކާގެ ސްޕޯޓްސް މިނިސްޓަރ، ނަމަލް ރާޖަޕަކްސަ ވެސް މިރޭގެ ހަމަލާ ކުށްވެރި ކުރައްވާ ޓްވީޓު ކުރައްވައިފި
ހަމަލާގައި އަނިޔާވި މީހެއްގެ ފައިވާން ފޮޓޯ:--
ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާވަރުގެ އަނިޔާއެއް ލިބިފައެއް ނުވޭ: ހޯމް މިނިސްޓަރ، އިމްރާން
މި މައްސަލަ ބޭރުގެ ފަރާތްތާއި ގުޅިގެން ވަރަށް ފުރިހަމައަށް ބަލާ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭނަން: ހޯމް މިނިސްޓަރ އިމްރާން
ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ މިރޭ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
އިކޮނޮމިކް މިނިސްޓަރ، ފައްޔާޒު އިސްމާއިލް ވެސް މިރޭގެ ހަމަލާ ކުށްވެރިކޮށް ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދި ޓްވީޓު ކުރައްވައިފި
ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު އާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ، ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެންފި
ހަމަލާގައި ގޮއްވާލިކަމަށް ބެލެވޭ ޑިވައިސް ފޮޓޯ:--
ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.