ads
ބ. އަތޮޅު ރަށެއް
ރާއްޖޭގެ ބައެއް ރަށްރަށުގައި ކާފިއު އިއުލާންކޮށްފި
ރާއްޖޭގެ ބައެއް ރަށްރަށުގައި ކާފިއު އިއުލާންކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ

އެޗްޕީއޭއިން ކާފިއު އިއުލާންކޮށްފައިވަނީ ޅ. ނައިފަރު، ކ. މާފުށި، އއ. މަތިވެރި، އއ. އުކުޅަސް، ބ. އޭދަފުށި މި ފަސް ރަށުގައެވެ.

މި ރަށްރަށުގައި ހަވީރު 4:00 ފެށިގެން ފަތިހު 4:00އަށް އެެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުން ވަނީ މަނާކޮށްފަ އެވެެ.

އަދި މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނިކުތުމާއި އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ. 

މީގެ އިތުރުން ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓައިލުމާއި، ފިހާރާތަކުން ހިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް
ދިނުން ހިމެނެއެވެ.

މީގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ނުހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ފަސް ރަށެއްގައި ކާފިއު އިއުލާންކޮށްފައި މިވަނީ އަތޮޅުތެރޭގެ ކޭސްތައް 100އިން މަތިވުމާއި އަތޮޅުތެރެ ހިމެނޭ ގޮތައް ބުރާސްފަތި ދުވަހު އެކަނިވެސް ހަ މީހުން މަރުވެ މިހާތަނަށް މަރުވި މީހުންގެ އަދަދު 79 އަކަށް އަރާފައިވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް