ads
އާޒިމް އަދި މިނިސްޓަރު އިމްރާން ——
ރައީސް ނަޝީދު ސީރިއަސް ނޫނޭ އިމްރާން އެވިދާޅުވަނީ ކިހިނެތް؟: އާޒިމް
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު “ސީރިއަސް ނޫނޭ” ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެ ވިދާޅުވަނީ ކިހިނެތްތޯ އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ސުވާލު އުފައްދަވައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ 20:30 ހާއިރު ނީލޯފަރު ހިނގުމުގައި ރައީސް ނަޝީދަށް އަމާޒުކޮށްދިން ކަމަށް ތުހުމަތުކުރާ ހަމަލާގައި އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މިނިސްޓަރު އިމްރާން ވަނީ އެ ހޮސްޕިޓަލަށް ގޮސް ރައީސް ނަޝީދުގެ ހާލަތު ބައްލަވާ ލައްވާފައެވެ. 

އަދި އެޔަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުމެއް ވާފަދަ އަނިޔާއެއް މިވަގުތަށް ލިބިފައިނުވާ ކަމަށެވެ.

އެކަމާއި ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، ރައީސް ނަޝީދަށް ދެވުނު ހަމަލާއާއިއެކު އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެނެވުނު އިރުން ފެށިގެން ހެނދުނު 6 ޖެހުމާއި ހަމަޔަށް ހޭނައްތަވައިގެން ސާޖަރީތައް ކުރިއަށް ދާއިރު ރައީސް ނަޝީދަށް ލިބިވަޑައިގެން އަނިޔާ ސީރިއަސް ނޫންކަމަށް އެވިދާޅުވަނީ ކިހިނެތްކަން އެގިވަޑައިނުގަންނަވާ ކަމަަށެވެ.

“ކްރިޓިކަލް ކަންތައް އެބަހުރި، ސާޖަރީއަކަށްފަހު ސާޖަރީއެއް ކުރިއަށް އެ ދަނީ. އެހާ ރަނގަޅު ނަމަ ތިން ސާޖަރީއެއް ނުހާދާނެ” އާޒިމް ވިދާޅުވިއެވެ.

އިތުރަށް އާޒިމް ވިދާޅުވީ، ހޯމް މިނިސްޓަރު ކަމުގާ ހުންނަވާ ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅޭގޮތުން އިމްރާން އެދެއްކެވި ވާހަކަފުޅަކީ އެެއްވެސް ޒިންމާދާރު ވެރިޔަކު ދައްކަވާނެ ވާހަކަފުޅެއް ނޫން ކަމަށެވެ.

އެހެންކަމުން އިމްރާން ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އިންސާފު ވެރިކަމާއިއެކު އެ މައްސަލަ ބެލިދާނެ ކަމާއިމެދު ސުވާލު އުފެދޭކަމަށާއި އިމްރާން އެހެން ވިދާޅުވީ އެ ތަހުގީގު ފުރިހަމަ ނުކުރެވިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބެލެވޭ ކަމަށްވެސް އާޒިމް ވިދާޅުވިއެެވެ. 

އާޒިމު ވިދާޅުވީ މިއަދުގެ މިހާތަނަށްވެސް އެކަމުގައި ތުހުމަތުކުރެވޭ އެއްވެސް ފަރާތެއް ހޯދިފައިނުވާތީ، އެފަރާތްތައް ހޯދިދާނެކަމުގެ އެއްވެސް ޔަގީންކަން ނެތްކަމަށެވެ. އަދި މިހާތަނަށް އައިރުވެސް އެފަދަ އެއްވެސް މައްސަލައެއް ބަލާ އެއްކޮށް ނިމިފައިނުވާކަން ފާހަގަކުރައްވަމުން އާޒިމްވަނީ މަރާލާފައިވާ ޔާމީން ރަޝީދާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލަ މިސާލަކަށް ފުދޭކަމަށް ވިދާޅުވެފައެވެ.

69%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް