ads
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ސާޖަރީތައް ނިމިއްޖެ: ނާޒިމް ސައްތާރު
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ކުރަމުންދިޔަ ސާޖަރީތައް ނިމިއްޖެ ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.

ގޮވުމުގެ ސަބަބުން އެތެރެ ހަށީގައި ހުރި ބައެއް ތަކެތި ނެގުމަށް އޮޕަރޭޝަންތަކެއް ރޭ ކުރިއެވެ. އެގޮތުން ބޮލުގެ އޮޕަރޭޝަން އަކާއި، ހިތާއި ފުއްޕާމޭ ކައިރީގައި ހުރި ތަކެތި ސާފުކުރުމަށް އޮޕަރޭޝަނެއް ކުރިއެވެ. އޭގެ ފަހުން ގޮހޮރުގެ އޮޕަރޭޝަން ކުރިއެވެ. އަދި އެންމެ ފަހުން ކޮށްފައިވަނީ ޗިސްމޭ (ލިވާ) ގެ އޮޕަރޭޝަން ކަމަށް މައުލޫމާތު ލިބެއެވެ.

އެގޮތުން ރައީސް ނަޝީދުގެ ބޭބޭފުޅު ނާޒިމް ސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ރައީސް ނަޝީދުގެ ހުރިހާ ސާޖަރީތައް ނިމިފައިވާ ކަމަށާއި ނަމަވެސް ޒަހަމުތައް ފަސޭހަވުމަށް ދުވަސް ނަގާނެ ކަމަށެވެ.

އޭގެ އިތުރުން މިހާރު 16 ގަޑިއިރުގެ ސާޖަރީކޮށް ނިމިފައިވާ ކަމަށާއި، ނަމަވެސް އަދިވެސް އެމަނިކުފާނުގެ ހާލު ކްރިޓިކަލް ކަމަށް އޭޑީކޭ ހޮސްޕޮޓަލުންވެސް ވަނީ ޓުވީޓު ކުރައްވާފައެވެ. އަދި ރައީސް ނަޝީދު އަދިވެސް އޮތީ އައިސީޔޫގައި ކަމަށްވެސް ބުނެފައިވެއެވެ.

ޢެޑިޓަރު ނޯޓު: ސުރުހީއަށް ވަނީ ބަދަލުގެނެވިފައި

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް