ހޮސްޕިޓަލުން ބުނީ ފާއިތުވި 16 ގަޑިއިރުތެރޭ ގިނަ އޮޕަރޭޝަންތަކެއް ކުރެވިފައިވާކަމަށާއި މިހާރު އެންމެ ފަހު އޮޕަރޭޝަންވެސް ނިމިފައިވާކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ ގިނަ ކާމިޔާބު އޮޕަރޭޝަންތަކަށްފަހު މިހާރު ރައީސް ނަޝީދަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އޭޑީކޭއިން ބުނީ ކުރެވުނު އޮޕަރޭޝަންތަކުގެ ތެރޭގައި ބޮލުގެ އޮޕަރޭޝަން އަކާއި، މޭ ގެ އިތުރުން ގޮހޮރު އަދި މޭކަށީގެ އޮޕަރޭޝަންތައް ހިމެނޭ ކަމަށެވެ.
އަދި މިވަގުތު އައިސީޔޫގައި އޮންނެވި ރައީސް ނަޝީދުގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭޑީކޭ އިން ބުނެއެވެ.