ads
ފޮޓޯ: ދަ ގާޑިއަން
ހާދިސާ ހިނގުމުގެކުރިން ނީލޯފަރުމަގުގައި ޕާކު ނުކުރެވޭގޮތް ހަދަން އެދިފައިވޭ
ސެކިޔުރިޓީ ސަބަބަކަށްޓަކައި ނީލޯފަރުމުގަކީ ޕާކުނުކުރެވޭ މަގަކަށް ހަދަން އެމްއެންޑީއެފްއިން އެދިގެން ސިޓީ ކައުންސިލުން މާޗުމަހު ހައުސިން މިނިސްޓްރީގައި އެދިފައިވާނެ ކަން މާލޭ ސިޓީ މޭޔަރު ޝިފާ ކަށަވަރުކޮށްދެއްވައިފި އެވެ.

ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ގޯޅީގެ އެއްފަރާތުގައި ސައިކަލް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެ މަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވާތީ އެމަގަކީ ޕާކުނުކުރެވޭ މަގަކަށް ހަދަން ސިޓީ ކައުންސިލުގައި އެމްއެންޑީއެފްއިން އެދުނުކަމަށް ދޭހަވާ ސިޓީއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

 މޭޔަރު ޝިފާ ވަނީ ސީއެންއެމްއަށް އެ ސިޓީއަކީ ސައްހަ މައުލޫމާތުތަކެއް ހިމެނޭ ސިޓީއެއްކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އެމްއެންޑީއެފްއިން އެދިގެން ސިޓީ ކައުންސިލުން މިއަހަރުގެ މާޗުމަހުގެ 23 ވަނަ ދުވަހު ހައުސިން މިިނިސްޓަރު އަސްލަމްއަށް ސިޓީ ފޮނުވާފައިވާނެ ކަންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޝިފާ ވިދާޅުވީ އޭގެ ޖަވާބެއް އަދި މިހާތަނަށް ހައުސިން މިނިސްޓްރީގެ ފަރާތުން ލިބިފައިނުވާކަމަށެވެ.

ހައުސިންގް މިނިސްޓަރު އަސްލަމްއަށް ސިޓީ ކައުންސިލުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ  
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މިހާރު ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅު
ކަމުގައިވާ ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން މަގަކީ ހަނި ގޯޅިއަކަށް ވެފައި އަދި އެ ގޯޅީގެ އެއްފަރާތުގައި ސައިކަލް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެ މަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެއިދާރާއަށް އަންގަވާފައިވާ ކަމަށެވެ. އަދި އެ މަގަކީ ސައިކަލް ޕާކު ނުކުރެވޭ މަގަކަށް ހަދައި ދިނުމަށްވެސް ވަނީ އެދިލައްވާފަކަމަށް ސިޓީގައިވެއެވެ.
ނީލޯފަރު ހިނގުން ވެހިކަލް ޕާކު ނުކުރެވޭ މަގަކަށް ބަދަލު ކުރުމަށް އެ ސަރަޙައްދުގައި ޕާކު ކޮށްފައިވާ
ވެހިކަލްތަށް ޕާކުކުރުމަށް ޖާގައެއް ހޯދާ ދޭން ޖެހޭނެކަމަށް ދެކޭކަން ފާހަގަކުރަމުން އެ ސިޓީގައި ބުނެފައިވަނީ، އެ ސަރަޙައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތަށް ޕާކުކުރުމަށް މިވަގުތު ޖާގައެއް ހެދުމަށް އެންމެ އެކަށޭނެ ޖާގައެއްގެ ގޮތުގައި ބެލެވެނީ ބިއްލޫރި ޖެހި ގެއިންކަމުގައި ވާތީ އެ
ސަރަހައްދުގައި ޕާކިން ޒޯންއެއް ހެދުމުގެ ހުއްދަ ދެއްވުން އެދޭ ކަމަށެެވެ.

އެހެންނަމަވެސް އޭގެފަހުން އެ ސިޓީގެ ޖަވާބު ނުލިބިވަނިކޮށް މިމަހުގެ 6ވަނަ ދުވަހު 20:30 ހާއިރު ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެމަގުގައި ހުރި ސައިކަލެއްގައި ހަރުކޮއްފަހުރި އެއްޗެއް ގޮވާ ވަނީ އެމަނިކުފާނަށާއި ބޮޑީގާޑުންގެ އިތުރުން އާއްމުންގެ ބަޔަކަށްވެސް ބޮޑެތި ޒަހަމުތަކެއް ވެފައެވެ.

އެހަމަލާގައި އަނިޔާވި އެމަނިކުފާނުގެ ބޮޑީގާޑުންނާއި  އާއްމުންގެ މީހުންވެސް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާއިރު 16 ގަނޑިއިރުގެ ދިގު ސާޖަރީއަކަށްފަހު ރައީސް ނަޝީދު އަދިވެސް އޮންނެވީ “ކްރިޓިކަލް” ހާލަތުގައި އޭޑީކޭގެ އައިސީޔޫގައި ކަމަށް އޭޑީކޭން ވަނީ މައުލޫމާތު ދީފައެވެ.  
  

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް