ads
ޗައިނާގެ ރޮކެޓެއް
ޗައިނާގެ ރޮކެޓް ވެއްޓުނީ ރާއްޖޭގެ ކަނޑަށް: ޗައިނާގެ ޖައްވީ އިދާރާ
ޖައްވުގައި ކޮންޓްރޯލެއް ނެތި ދުނިޔެއާއި ދިމާލަށް ވެއްޓުނު ކަމަށް ބުނާ ރޮކެޓު ވެއްޓުނީ ރާއްޖެއަށް ކަމަށް ޗައިނާގެ ޖައްވީ އިދާރާ އިން ބުނެފި އެވެ.

ޗައިނާގެ މެނެޑް ސްޕޭސް އިންޖިނިއަރިން އޮފީހުން ބުނީ ރާއްޖޭގެ ހުޅަނގު އިންޑިއާ ކަނޑަށް އެ ރޮކެޓް ވެއްޓިފައިވާކަމަށެވެ. 

ރޮކެޓުގެ ބޮޑުބައި ވަނީ ދުނިޔެއަށް ވެއްޓުމުގެ ކުރިން އަނދާފައި ކަމަށް ޗައިނާގެ ޖައްވީ އިދާރާއިން ބުނެއެެވެ.

ރާއްޖެއަށް ރޮކެޓު ވެއްޓިއްޖެ ކަމަށް ޗައިނާއިން ބުނި ނަމަވެސް ރޮކެޓު ވެއްޓުނީ ރާއްޖޭގެ ކޮން ސަރަހައްދަކަަށް ކަމެއް ބުނެދީފައެއް ނުވެއެވެ.

ދިގުމިނުގައި 108 ފޫޓު، އަދި ބަރު މިނުގައި 20 ޓަން ހުންނަ މި ރޮކެޓު ޗައިނާއިން ޖައްވަށް ފޮނުވާފައި ވަނީ އެޕްރިލް މަހުގެ 29 ވަނަ ދުވަހު އެވެ. ޗައިނާގެ އާ ސްޕޭސް ސްޓޭޝަންގެ ބައެއް ބައިތައް ހިފައިގެން ދަތުރު ކުރި އެ ރޮކެޓުގެ ތެޔޮ ހުސްވުމުން އޭތި ވަނީ ޖައްވުގެ ތެރޭ އެއްވެސް ކޮންޓްރޯލެއް ނެތި ވެއްޓެން ދޫކޮށްލާފަ އެވެ. 

މިއީ ޗައިނާގެ ޖައްވީ އުޅަދެއް ދުނިޔެއަށް ވެއްޓުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2018 ވަނަ އަހަރު ޗައިނާގެ ސްޕޭސް ލެބްގެ ބައެއް ކޮންޓްރޯލުން ނެއްޓި ވަނީ ޕެސިފިކް ކަނޑަށް ވެއްޓިފަ އެވެ. އަދި 2020 ވަނަ އަހަރު 18 މެޓްރިކް ޓަންގެ ލޯންގް މާޗު 5ބީ ރޮކެޓެއް ވަނީ އެނބުރި ދުނިޔެއަށް އަންނަނިކޮށް ކޮންޓްރޯލުން ނެއްޓި ވެއްޓިފައެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް