ads
ށ. ޅައިމަގު
ޅައިމަގު މޮނީޓަރިންގެ ހާލަތައް ގެނެސްފި
ށ. ޅައިމަގު މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ މިއަދުގެ ވަގުތެއްގައި ޅައިމަގު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެރަށް އޮންނާނީ މޮނީޓަރިންގެ ހާލަތުގައި ކަމަށް އެޗްއީއޯސީން ބުނެއެވެ. 

ސީއެންއެމް އަށް މައުލޫމާތު ދެމުން ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލްގަނީ އިބްރާހީމް ވިދާޅުވީ އެރަށުން މިވަގުތު ޖުމްލަ ހަ މީހުން ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަަމަށެވެ. އޭގެ ތެރެއިން ތިން މީހުންނަކީ ރާއްޖެއިން ބޭރުން އައިސް ހޯމް ކަރަންޓީނުގައި ތިބި މީހުން ކަަމަށް ކައުންސިލުން ވިދާޅުވިއެވެ. އަދި އަނެއް ތިން މީހުންނަނީ ކޮވިޑުގެ އަލާމާތްތައް ހުރިކަމަށް ފެނިގެންނެގި ސާމްޕަލް ނެގި ތިން މީހުން ކަަމަށްވެސް އަބްދުލްގަނީ ވިދާޅުވިއެވެ.

ޅައިމަގާ އެކު ޖުމްލަ 29 ރަށެއް މިހާރު މޮނިޓަރިންނަށް ލައިފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް