ads
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ---
ހަޑި ހުތުރު ބަސް ބޭނުންކުރުމުން އަދުރޭ މައްޗަށްކުރި ދައުވާ ބާތިލްކޮށްފި
ހަޑިހުތުރު ބަސް ބޭނުންކުރި މައްސަލައިގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މައްޗަށް ކުރި ދައުވާ ބާތިލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު އެ ދައުވާ ބާތިލުކޮށްފައި ވަނީ ހެކި ހޯދާފައިވަނީ ގާނޫނާ ހިލާފަށް ކަމުގައިވާތީ ކަމަށް ކަނޑައެޅުމަށް ފަހުއެވެެ.  

އަބްދުއްރަހީމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ކްރިމިނަލް ކޯޓު ސަރަހައްދުގައި ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގައި، ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއެވެ.

މި މައްސަލައިގައި އަބްދުއްރަހީމްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ. 

އަބްދުއްރަހީމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ކްރިމިނަލް ކޯޓު ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން ހަޑި ހުތުރު ބަސް ބޭނުންކުރި މައްސަލައިގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް