ads
ހުޅުމާލެ ފޭސްޓޫ ހިޔާ ފްލެޓްތައް
ހިޔާ ފްލެޓްތައްކުގެ ކުލި 4،984 ރުފިޔާއަށް ބަދަލުވީގޮތް ހާމަކޮށްފި
ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓްތަކުގެ އެއްބަސްވުމަށް ގެނައި އިސްލާހުތަކާއި ކުލީގެ އަގަށް ގެނައި ބަދަލުތައް "މައި ހުޅުމާލެ ޕޯޓަލް" މެދުވެރިކޮށް ބެލޭނެ އިންތިޒާމު އެޗްޑީސީން މިއަދު ހަމަޖައްސައިފިއެވެ.
Advertisement

މި އިންތިޒާމާ އެކު، ފްލެޓްތަކުގެ ކުލި ކުޑަވެފައިވާ ގޮތުގެ ތަފުސީލު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް މިހާރު ސާފުކޮށް ފެންނަން ހުންނާނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ރައްޔިތުން އަތުން ހިނގި ހަރަދުގެ ބަދަލެއްގެ ގޮތުން، ކުލިން ދެ ލައްކަ ރުފިޔާ އުނިކޮށްދިނުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރު ނިންމައިފައެވެ. މި ބަދަލާ ގުޅިގެން މިހާރު ހިޔާ ފްލެޓަކަށް މަހަކު ދައްކަން ޖެހެނީ މެއިންޓެނަންސް ފީއާ އެކު 4،984 ރުފިޔާއެވެ. ހިޔާ މަޝްރޫއުގައި 16 ޓަވަރު ހިމެނޭއިރު، މިއީ ޖުމްލަ 6،720 ފްލެޓެވެ.

އެޗްޑީސީން ބުނީ މި ބަދަލުގެ ސަބަބުން ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް އެއްބަސްވުމުގެ އިސްލާހުތައް ބަލައި، ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ނިންމުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވެރިފަރާތް ކަށަވަރުކުރުމުގެ މަސައްކަތް ވެސް އިތުރަށް އަވަސްވެގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް