ވަރުން ކައިވެނި ކުރި ފަހުން ކްރިތީއާ އަަލަށް ދިމާވުމުން ވަކި ތަފާތެއް އިހްސާސް ވޭތޯ ކުރި ސުވާލަށް ޖަވާބު ދެމުން ކްރިތީ ބުނެފައި ވަނީ މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ،
ކައިވެނި ކުރި ފަހުންވެސް ވަރުން މަޖާކޮށް ސަރަކަރާތް ޖަހާ ކަމަށް ކްރިތީ ބުނެ އެވެ. ހަމަ އެކަނި ފާހަގަވި ކަމަކީ ކުރިއަށްވުރެ މެޗްވާ ވުން ކަމަށް ކްރިތީ ބުނެ އެވެ.
ވަރުން އާއި ކްރިތީ ދެމީހުން އެންމެ އަވަހަށް ފެނިގެންދާނެ ބިރުވެރި ފިލްމުގެ ޝޫޓިން ކުރިއަށް ދާއިރުގައި ވަރުންގެ އަބިމީހާ ނަތާޝާވެސް އެ ސެޓަށް ކޮންމެ ދުވަހަކު ދެއެވެ.
ވަރުން އޭނާގެ ކުޑައިރުގެ ލޯބިވެރިއާ ނަތާޝާއާ ކައިވެނި ކޮށްފައި ވަނީ މިއަހަރުގެ ޖެނުވަރީ މަހުގަ އެވެ. އެ ދެމީހުންގެ ކައިވެނީގެ ހަފްލާ ކުރިއަށް ދިޔައީ ވަރަށް ކުލަގަދަކޮށް ހަރުކަށި ފިޔަވަޅުތަކާ އެކުގަ އެެވެ