ads
ދުންޔާ މައުމޫން
އެމްއެމްޕީރުސީ ލިސްޓް ސިއްރު ކުރުމުން ދުންޔާގެ ނުރުހުން
އެމްއެމްޕީއާރުސީ ހިޔާނާތުގައި އެންމެ ބޮޑަށް ބައިވެރިވި ކަމުގެ ތުހުމަތުވާ މީހުންގެ ލިސްޓި ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހަށް ލިބިފައެވެ. ނަމަވެސް އެ ލިސްޓު މަޖިލީހަށް ލިބުމުންވެސް އެ ލިސްޓުގައި ހުރި ނަންތައް އާންމުކޮށްފައި ނުވާތީ އެ މައްސަލަ ދިރާސާ ކޮމިޓިގެ މެމްބަރުންނަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ.

އެގޮތުން އެ ލިސްޓު އާންމުކޮށްފައި ނުވާތީ ކުރިން ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ މައުމޫން ވަނި އެކަމާ ނުރުހުންފާޅުކޮށްފައެެެވެ. ދުންޔާ ވިދާޅުވީ ދިވެހިރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ވައްކަމުގެ ބައިވެރިންގެ ލިސްޓު ހާމަކުރުމާ މެދު ބަހަނާ ދައްކަނީ ކޮންމެވެސް ބައެއް ހިމާޔަތްކުރުމަށްކަމަށް ދެކޭ ކަމަށެވެ.

ރިހާކުރު ފުޅި ވަގަށްނެގި ކަމުގު ތުހުމަތު ކުރެވޭ ފަރާތުގެ ނަން ހާމަކޮށް، ފޮޓޯ ނޫހުގައި ޖަހާއިރު، ދިވެހިރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ވައްކަމުގެ ބައިވެރިންގެ ލިސްޓު ހާމަކުރުމާ މެދު މިފަދަ ބަހަނާ ދައްކަނީމި ކޮންމެވެސް ބައެއް ހިމާޔަތްކުރުމަށްކަމަށް ޝައްކުކުރެވޭ. ދުންޔާ ވިދާޅުވިއެވެ.

އެ ލިސްޓު ދިރާސާ ކުރުމާއި މައްސަލަ ތަހުގީގު ކުރުމަށް ކުރިއަށް ގެންދާ ކޮމިޓީގައި ހަސަން ލަތީފު ވަކާލާތު ކުރެއްވީ އެ ލިސްޓު "ހާމަ ނުކުރެވޭނެ" ކަމަށެވެ. ހަސަން ލަތީފު ވިދާޅުވީ "މި ކޮމިޓީއަށް އަދި ލިސްޓެއްގައި ނަންތަކެއް، ހުރެގެން އަޅުގަނޑުމެންނަށް އެ ލިބުނު ކަމުގައި ވިޔަސް ވެސް އެ މައުލޫމާތަކީ ހާމަކުރެވޭނެ މައުލޫމާތެއް ނޫން." ކަަމަށެެވެ. 

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ކޮމިޓީއާއި ހަސަން ލަތީފަށް އަމާޒުވެގެން ދިޔަ އިރު ގިނަ ބަޔަކު ބުނަމުން އަންނަނީ ބޮޑު ހިޔާނާތުގެ ލިސްޓް އަތައް ލިބުމުން ކޮމިޓީ މެމްބަރުންގެ ރާގު ބަދަލުވެފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް