އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް ވިދާޅުވީ ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ މި އަހަރުގެ ފިތުރު އީދު ނަމާދުުގެ ބޮޑު ޖަމާއަތް މާލޭގައި ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
މާލޭގައި އީދު ނަމާދު ކުރިއަށްދާނީ މިސްކިތްތަކުގައި ގައިދުރު ކަމާއެކުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެެވެ.
މާލޭގައި ޖަމާއަތުގައި ނަމާދުކުރުން ކުރިއަށް ނުގެންދަން ނިންމާފައިވީ ނަމަވެސް އަތޮޅު ތެރޭގައި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރި އަށް ދާނެ ކަމަށާއި އެކަން ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފަލަކީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން މިދިޔަ އަހަރުވެސް މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ނުކުުރެ އެވެ. މިހާރުވެސް މާލެގައި ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުން ނެވެ.