ދިޝާގެ ސްޓައިލްއާ މެދުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައި ވަނީ ލަވަ އަދި ފިލްމުކުޅޭ އިރުގައި އޭނާ ވަރަށް ރީތި ވެގެން ހުންނަން ބޭނުންވާ ކަމަށެވެ. އަދި އޭނާ ލާ ހެދުން ހިޔާރު ކުރަނީ ފެޝަން ސްޓައިލިސްޓުން ކަމުގައި ވެސް ދިޝާ ބުނެ އެވެ.
އޭނާ އަށް ފެޝަން އަދި އެންމެ ފަހުގެ ހެދުން އަޅާ ޓްރެންޑްތަކެއް ނޭންގޭ ކަމަށް ވެސް ދިޝާ ބުނެ އެވެ. އޭނާ ރީތި ކޮށް ހެދުން އަޅަނީ ސޯޝަލް މީޑިއާ ވަރަށް ބެލުމަށް ފަހުގައި ކަމަށް ވެސް ދިޝާ ބުނެ އެވެ.
ދިޝާ ބުނެފައި ވަނީ އޭނާ ގޭގައި އުޅޭ އިރުގައި ހުންނަނީ ގަޔަށް ބޮޑު ޓީޝާޓަކާ ސޯޓު ބުރިއެއް ލައިގެން އާދައިގެ ނައިލޯނު ފައިވާނަކަށް އަރައިގެން ކަމަށެވެ.
ނަމަވެސް ބޭރަށް ނިކުންނަ އިރުގުގައި ކަންނެއްވެ ހުރެވެސް އޭނާ ކުޑަކޮށް ރީތިވެލަނީ ކަމަށް ދިޝާ ބުނެ އެވެ.
ދިޝާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސަލްމާންގެ ރާދޭ ފިލްމުގެ ލަވައަކުން ނެވެ. އެ ލަވައިގައި ދިޝާގެ ނެޝުމަށް އަންނަނީ ގިނަ ބައެއްގެ ތައުރީފު ލިބެމުން ނެވެ.