ads
ދުންޔާ މައުމޫން
އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއެއް ނުލިބޭ: ދުންޔާ
މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީ ހިޔާނާތުން ފައިސާއެއް ލިބިފައި ނުވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
Advertisement

ދުންޔާ މިހެން ވިދާޅުވިއިރު އިއްޔެގެ ވަގުތެއް ހިޔާނާތުގައި ބައިވެރިވި ކަމަށް ބުނާ މީހުންގެ ލިސްޓެއް ސޯޝަލް މީޑިއާގައި ވަނީ ލީކްކޮށްލާފައެވެ. އަދި އެ ލިސްޓުގައި އެކަމަނާ ނަންވެސް ހިމެނެއެވެ.

މިއަދު ދުންޔާ ކުރި ޓުވީޓެއްގައި ވިދާޅުވީ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިސްޓުގައި އެމްއެމްޕީއާރުސީ ހިޔާނާތުން އޭނާއަށް 13،000 ޑޮލަރު ނުވަތަ 200،000 ދިވެހި ރުފިޔާ ލިބުނު ކަމަށް އޮތް ކަމަށެވެ. ނަމަވެސް ހިޔާނާތާ ގުޅުންހުރި އެއްވެސް ފައިސާއެއްވެސް އަދި ހިޔާނާތުން އެއްވެސް މަންފާއެއްވެސް ލިބިފައި ނުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ މިހާރު ސޯޝަލް މީޑިއާގައި އޭނާ އާއި އެމްއެމްޕީއާރުސީ ކޮރަޕްޝަނާއި ގުޅުވައިގެން ދައުރު ކުރަނީ  ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. 

މީގެ ކުރިން ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ލިބުނު އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓު އާންމުކޮށްފައި ނުވާތީ ދުންޔާ  ވަނި އެކަމާ ނުރުހުންފާޅުކޮށްފައެެެވެ. ދުންޔާ ވިދާޅުވީ ދިވެހިރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ވައްކަމުގެ ބައިވެރިންގެ ލިސްޓު ހާމަކުރުމާ މެދު ބަހަނާ ދައްކަނީ ކޮންމެވެސް ބައެއް ހިމާޔަތްކުރުމަށްކަމަށް ދެކޭ ކަމަށެވެ.

އިއްޔެއިން ފޭށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ލިސްޓުގައި ކުރީ ސަރުކާރުގައި މިނިސްޓަރު ލެވެލް އިން ފެށިގެން ބޮޑެތި މަގާމުތައް އަދާކުރެއްވި މީހުންގެ ނަންތައް އެބަހުއްޓެވެ. އަދި މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކާއި މަޖިލީހުގެ މެމްބަރުންތަކެއްގެ ނަންވެސް އެ ލިސްޓުގައި ހުއްޓެވެ.

އެ ލިސްޓުގައި ވަކި ވަކި މީހުންގެ އެކައުންޓަށް އެކި ފަހަރު މަތިން ފައިސާ ޖަމާކުރި އަދަދުތަކާއި އަދި ފައިސާ ދިނީ ކީއްވެ ކަންވެސް ތަފްސީލްކޮށް ލިޔެފަ ހުއްޓެވެ. އަދި ފައިސާ ލިބުނު ފަރާތުގެ ފޮޓޯ ވެސް ފައިސާ އާއި ގުޅޭ މައުލޫމާތާއި އެކީގަ އެ ލިސްޓުގައި ހުއްޓެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެއީ އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކުރި ލިސްޓެކެވެ. ނަމަވެސް އެއީ ރައްޔިތުންގެ މަޖިލީހަށް ބުރާސްފަތި ދުވަހު ހުށަހެޅުނު ލިސްޓު ނޫން ކަމަށް މައުލޫމާތު ލިބެއެވެ. 

އެއީ މަޖިލީހަށް ހުށަހެޅި ލިސްޓު ނޫން ކަމުގައި ވިޔަސް އެ ލިސްޓުގައި ހުރީ މަޖިލީހަށް ވެސް ހުށަހެޅުނު ލިސްޓުގައި ވެސް ހުރި މައުލޫމާތު ކަމަށާއި ތަފާތަކީ ސޯޝަލް މީޑިއާގައި ދައުރުވާ ލިސްޓުގައި ފައިސާ ލިބުނު ފަރާތުގެ ފޮޓޯތައް ހުރުން ކަމަށް މައުލޫމާތު ލިބެއެވެ. 

އެމްއެމްޕީއާރުސީ ހިޔާނާތުގައި އެންމެ ބޮޑަށް ބައިވެރިވި ކަމުގެ ތުހުމަތުވާ މީހުންގެ ލިސްޓް ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހަށް ލިބިފައެވެ. ނަމަވެސް އެ ލިސްޓު މަޖިލީހަށް ލިބުމުންވެސް އެ ލިސްޓުގައި ހުރި ނަންތައް އާންމުކޮށްފައި ނުވާތީ އެ މައްސަލަ ދިރާސާ ކުރާ ކޮމިޓީގެ މެމްބަރުންނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް