ads
އިވާ އަދި ނަޝީދު
ރައީސް ނަޝީދު ވެލެއްވި ވައުދު ފުއްދަވައިފި: އީވާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވެވަޑައިގެންނެވި ވައުދު ރަނުން ރަނަށް ފުއްދަވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުން އެމް.އެމް.ޕީ.އާރު.ސީ މައްސަލާގައި ހިމެނޭ 281 މީހުންގެ ނަމާއި އެކު ކޮމިޓީ ރިޕޯޓް އާއްމު ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

މި މަހު 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާދެވުނީ އެމް.އެމް.ޕީ.އާރު.ސީގެ ހިޔާނާތުގެ ލިސްޓު މަޖިލީހަށް ލިބިވަޑައިގަތްކަން ހާމަކުރެއްވިތާ މާގިއިރުތަކެއް ނުވެއެވެ. ލިސްޓު ލިބިވަޑައިގަތުމާއި އެކު ރައީސް ނަޝީދު ވަނީ އެ މައްސަލަ ބައްލަވާ، އެ ހިޔާނާތުގެ ބައިވެރިން ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. 

ހަމަލާގައި ރައީސް ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވެ. އެމަނިކުފާނު އަދި ވެސް ގެންދަވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯއްވަމުންނެވެ.

ރައީސް ނަޝީދަށް އަނިޔާވެ ވަޑައިގަތުމާ ގުޅިގެން މަޖިލިސް ހިންގެވުމާއި ހަވާލުވެޑައިގަތުމަށް ފަހު ނައިބު ރައީސް އީވާ ވަނީ އެމް.އެމް.ޕީ.އާރު.ސީގެ ހިޔާނާތުގެ މައްސަލަ ކުރިއަށް ގެންގޮސް، ލިސްޓު އާއްމު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިއަދު މަޖިލީހުން އާއްމު ކުރި ލިސްޓުގައި 281 މީހުންގެ ހިމެނިފައިވެއެވެ. މީގެ ތެރޭގައި ދައުލަތުގެ އެކި މަގާމުތަކުގައި ފުރުއްވި 119 މީހަކު ހިމެނެއެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް