ads
ބައްސާމްއާއި މަހްލޫފު
އެފްއޭއެމް- އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ހާއްޔެއް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބޮޑު ހާއްޔެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން މިއަދު ހާމަކުރި އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓުން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު އާއްމު ކުރި އެމްއެމްޕީއާރުސީގެ ރިޕޯޓުގެ ކުރިން، އޭގައި ހިމެނޭ ބައެއް ފަރާތްތަކުގެ މައުލޫމާތުތައް ސޯޝަލް މީޑިއާގައިވަނީ ލީކުކޮށްލާފައެވެ. ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ލިޔުންތަކުން އަދި މަޖިލީހުން މިއަދު ހާމަކުރި ރިޕޯޓުގައިވާ ގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަދި ކުޅިވަރު ވަޒީރު މަހްލޫފަށްވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައެވެ. އޭނގެ އިތުރުން އެފްއޭއެމް ތެރޭގައި، އަދި އެފްއޭއެމްގެ ސަރަހައްދުގައި އެކި ފަހަރުމަތިން އެކި މީހުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދީފައިވާކަން އާއްމު ވެފައިވާ ލިޔުންތަކުން އެނގެއެވެ.

އާއްމު ވެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންތަކަކަށް އެކި ދުވަސްވަރު މަތިން އެފްއޭއެމްގެ ތެރޭގައި އެތައް މިލިއަން ރުފިޔާއެއް ބަހާފައިވެއެވެ. އެފްއޭއެމްގެ ތެރޭގައި ލާރި ދީފައިވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ބައެއް ވަޒީރުންނާ އެފްއޭއެމްގެ އެކްސްކޯ މެންބަރުންވެސް ހިމެނެއެވެ. އޭނގެތެރެއިން ބައެއް މީހުންނަކީ މިހާރުވެސް އެފްއޭއެމްގެ އެކްސްކޯގައި ބައްސާމްއާ އެކު ހިމެނޭ މީހުންނެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި އެފްއޭއެމްގެ ކުރީގެ ރައީސުން ކަމަށްވާ އަހްމަދު ތޯރިގް، އިލްހާމް އަހްމަދު އަދި އަލީ އާޒިމްގެ ނަންވެސް ހިމެނެއެވެ. އަދި މީގެ އިތުރުން އެފްއޭއެމްގެ ކުރީގެ ނާއިބު ރައީސް އަބްދުލް މުހްސިން ހަމީދާ، އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެއްޓްރީ ޝާހް އިސްމާއިލްގެ ނަންވެސް ބޮޑު ޚިޔާނާތުގެ ލިސްޓުގައި ހިމެނެއެވެ. 

އެފްއޭއެމް ހައުސްގެ ތެރޭގައި ރައީސް ޔާމީންގެ ކެމްޕެއިން އޮފީސް ހަދައިގެން އުޅުއްވި ކަމަށް ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފުވެސްވަނީ ވިދާޅުވެފައެވެ. މަހްލޫފަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ މައްސަލަ ދައުވާ ކުރަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް