ads
މަޖިލީހުގެ ރައީސް ނަޝީދު-----
ހެޔޮ ވެރިކަން ހޯދާ ދިނުމުގައި ދެމި ހުންނާނަން: ނަޝީދު
ހެޔޮ ވެރިކަން ހޯދާ ދިނުމުގައި ދެމި ހުންނާނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ، މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު، އެމަނިކުފާނު ކުރެއްވި ފުރަތަމަ ޓުވީޓުގައެވެ. 

މިރޭ ކުރެއްވި މި ޓުވީޓުގައި ރައީސް ނަޝީދު ވަނީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް މަރުހަބާ ވިދާޅުވެ، ޝުކުރު ދަންނަވާފައެވެ. 

"މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅުން ތިޔަބޭފުޅުން ތި އެދިވަޑައިގަންނަވާ ހެޔޮ ވެރިކަން ހޯދަ ދިނުމުގައި ދެމި ހުންނާނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ، ފިތުރު އީދުގެ ތަހުނިޔާ ހުރިހާ އެންމެނަށް އަރިސްކުރައްވާ ފައެވެ. 

ޓުވިޓާ މެދުވެރިކޮށް، ރައީސް ނަޝީދު މި މެސެޖު އާންމުންނާއި ހިއްސާ ކުރެއްވި އިރު، އެމަނިކުފާނުގެ އާއިލާއިން ވަނީ، ހަމަލާގައި އެމަނިކުފާނަށް ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާއަށް މާދަމާ އެމަނިކުފާނު ޖަރުމަނަށް ގެންދަން ނިންމާފައިވާ ކަމަށް ބުނެފައެވެ. 

މިކަމާ ގުޅިގެން ރައީސް ނަޝީދުގެ އާއިލާއިން ސީއެންއެމް އަށް މައުލޫމާތު ދެމުން ބުނީ، ރައީސް ނަޝީދު އިތުރު ފަރުވާއަށް މާދަމާ ހެނދުނު ޖަރުމަނު ވިލާތަށް ފުރާވަޑައިގަންނަވާނޭ ކަމަށެވެ. 

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވެ އެވެ. އަދި އެމަނިކުފާނުގެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލި ރޭޒަ ފުއްތަށް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އެމަނިކުފާނު ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކުރައްވާފަ އެވެ.

މިހަމާލެ ތަހުގީގު ފުލުހުން ކުރަމުން އަންނައިރު، މި މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް