ads
ކާފިއު
އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވި 319 މީހުން ޖޫރިމަނާކޮށްފި
އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން އިއްޔެ 319 މީހުން ވަނީ ޖޫރިމަނާ ކުރެވިފައި ކަމަށް ރައީސް އޮފީހުގެ ތަރްޖަމާނު މަބްރޫކުް އަޒީޒް ވިދާޅުވެއްޖެ އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީން) މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 136 މީހަކު މާސްކު ނާޅާ ހުރުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި 160 މީހަކު ކާފިއުގެ ގަޑީގައި ބޭރުގައި ހުއްދައަކާ ނުލާ އުޅުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި 23 މީހަކު ހުއްދަނެތި ވެހިކަލް ދުއްވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ދުވަހަކުން ދުވަހަށް އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެެވެ.

މިއަދުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް މާލެ ސަރަހައްދުގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމަށް ވަނީ ނިންމާފަ އެވެ.

އަދި މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެޗްޕީއޭއިން އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާއިރު އެފިޔަވަޅުތަކުގެ ތެރޭގައި ‏ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލުން ހިމެނެއެވެ. ނަމަވެސް ޑެލިވަރީ އަދި ޓޭކްއަވޭ ހިދުމަތް ދިނުން ކުރިއަށް ގެންދެވޭނެ އެވެ.

 ޕޮލިސް ޕާމިޓާއި އެކު މެންދަަމު 12 އާއި ހަމަޔަށް ޑެލިވަރީ ފުރުސަތު ދެވޭނެ ކަމަށާއި ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑި އިރަށް ބަންދު ކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

‏މިސްކިތްތަކުގައި ޖަމާއަތުގަ ނަމާދުކުރުން ހުއްޓާލުމަށް ވެސް އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ. އަދި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލުންވެސް ވަނީ ހަމަޖެހިފައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް