ads
ފޮޓޯ--ސޯނަމް އަދި ރަންބީރު
ރަންބީރާ އެކު ސޯނަމް ފިލްމު ކުޅުން ހުއްޓާލީ ކީއްވެގެން ކަން އެނގޭތަ؟
ރަންބީރު އަދި ސޯނަމަކީ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ނެވެ. ނަމަވެސް އެންމެ ފިލްމެއް އެކުގައި ކުޅުމަށް ފަހުގައި އެކުގައި އެ ދެތަރިން ފިލްމު ކުޅުން ވަނީ ހުއްޓާލާފަ އެވެ.

އެ ދެތަރިން އެކުގައި ކުޅެފައި ވަނީ 2007 ވަނަ އަހަރު ނިކުން ސާވަރިއާ ފިލްމެވެ. ސާވަރައިއާ ފިލްމުގެ ޕްރޮމޯޝަން ތެރޭގައި ވެސް ދެތަރިން އުޅުނީ އެކުއެކީގަ އެވެ.

އަދި އޭގެ ފަހުން ވެސް ދެމީހުން އެކުގައި ވަރަށް ގިނައިން ފެންނަށް ފެށި އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދެ މީހުން ވެސް އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ނެވެ. ނަމަވެސް އެކަމަށް ދެތަރިން އެއްބަސް ވެފައެއް ނުވެ އެވެ.

ސާވަރިއާ ކުޅުމަށް ފަހުގައި ސޯނަމް ރަންބީރު އާއި އެކުގައި ފިލްމު ކުޅުން ހުއްޓާލީ އޭނާއަށް ރަންބީރު ބޭވަފާތެރިވުމުން ކަމަށް އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.

ސޯނަމްއާ ރަށްޓެހިވެގެން އުޅެމުން ރަންބީރު ދީޕިކާއާ ރަށްޓެހިވި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. ދީފިކާ ވަނީ އޭނާގެ ކައިވެނީގެ ކާޑު ސޯނަމްއަށް ފޮނުވި އިރު އޮލިވް ބްރާންޗެއްވެސް އެއާ އެކު ފޮނުވާފަ އެވެ. އޮލިވް ބްރާންޗަކީ ސުލްހަވެރިކަން ރަމްޒުކޮށްދޭ އެއްޗެ ކެވެ.

ސޯނަމް އަދި ރަންބީރު ވެސް މިހާރު އުޅެނީ އެހެން ބައިވެރިންނާ އެކުގަ އެވެ. ރަންބީރު އޭނާގެ ލޯބިވެރިއާ އާލިއާ ބަޓްއާ އެކުގައި ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމަށް އަޑުތަށް ވަނީ ފެތުރިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް