ސަލްމާން އާއެކު ލީޑް ރޯލް އިން ދިޝާ ޕަޓާނީ ފެނިގެންދާ ފިލްމު ރާދޭގެ ފުރަތަމަ ދުވަހު 4.2 މިލިއަންް މީީހުން އެ ފިލްމު ބަލާފައިވެއެވެ.
ސަލްމާން ވަނީ ފިލްމު ބެލި އޭނާގެ ހުރިހާ ފޭނުންނަށްވެސް ޝުކުރު އަދާކޮށްފައެވެ. ސަލްމާން ބުނީ އޭނާއަށް އީދަށް ލިބުނު އެންމެ ފުރިހަމަ ހަދިޔާއަކީ އޭނާގެ ފޭނުން ފިލްމު ބަލަން ގޮސް ދިން ސަޕޯޓު ކަމަށެވެ. އޭގެ އިތުރުން ސަލްމާން ވަނީ އޭނާގެ ފޭނުންނަށް އީދުގެ ހެޔޮޮއެދުންތައް ވެސް ފޮނުވާފައެވެ.
ސަލްމާން ހާންގެ ރާދޭ އަންނަނީ ބޮކްްސް އޮފީސްގެ ރިކޯޑްތައް މުގުރަމުންނެވެ.
ރާދޭ ޑައިރެކްޓް ކުރިީ މަޝްހޫރު ޑައިރެކްޓަރު ޕްްރަބޫ ދޭވާ އެވެ. ސަލްމާން އާއި ދިޝާގެ އިތުރުން ރަންދީޕް ހޫދާ އަދި ޖެކީީ ޝްރޮފް ފަދަ ތަރިން އެ ފިލްމުން ފެނިގެންދެއެވެެ.