ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ބުނީ ހއ.ދިއްދޫ އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންް ފަރުވާ ދެމުންދިޔަ މީހަކު މިއަދު ހެނދުނު 08:45 ހާއިރު މަރުވެފައިވާކަމަށެވެ.
އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
މިއީ ރާއްޖެެއިން ކޮވިޑްގައި މަރުވި 94 ވަނަ މީހާއެވެ.
މި މަހަކީ ރާއްޖޭގައި ރިކޯޑް އަދަދަކަށް ކޮވިޑް ޖެހި އަދި އެ ބަލީގައި ރިކޯޑް އަދަދަކަށް މީހުން މަރުވަމުން އަންނަ މަހެކެވެ. އިއްޔެ ވެސް ކޮވިޑު ޖެހިގެން ފަސް މީހަކު ވަނީ މަރުވެފަ އެވެ.