ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކުރީގެ ނައީބް ރައީސް ޖަމީލް- ފޮޓޯ: އަވަސް
ހިޔާނާތް ތަހުގީގުކުރަން އާ ޓީމެއް އެކުލަވާލުމަށް ޖަމީލު ގޮވާލައްވައިފި
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރުމަށް މުޅިން އާ ތަހުގީގު ޓީމެއް އެކުލަވާލަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
Advertisement

މަޖިލީހުން އާންމުކުރި އެމްއެމްޕީއާރުސީ ހިޔަނާތުގެ ލިސްޓުގައި އިދިކޮޅު ކޯލިޝަންގެ ގިނަ ފަރާތްތަކެއްގެ ނަންތައް ހިމެނެއެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި އެ ލިސްޓުގައި ޖުމްލަ 281 ނަން ހިމެނޭ އިރު، އަސްލު ހިޔާނާތުގައި ބައިވެރިވި ގިނަ ފަރާތްތަކެއްގެ ނަންތައް އުނިކޮށްފައިވާކަމަށް އިދިކޮޅު ކޯލިޝަނުންވެސް ވަނީ ތުހުމަތުކޮށްފައެވެ. 

މިކަމާ ގުޅިގެން ޖަމީލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ފަސްއަޅައި ފޮރުވުމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ. މިއަދު އެމްޑީޕީގެ ކޮންޓްރޯލް އޮތް މަޖިލީހާއި ސަރުކާރުގެ ބޮޑުން ހިމެނޭ ރިޕޯޓު އުނިއިތުރުވާކަން ކަށަވަރުވާ ކަމަށާއި ކުށެއްގެ ހެކި ނައްތާލުމަކީ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމެއްކަން ޖަމީލް ފާހަގަކުރެއްވިއެވެ.

ޖަމީލް ވިދާޅުވީ ކޮމިޝަނަށް އިތުބާރު ކުރާމީހަކު މިހާރު ނެތް ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތާގުޅިގެން އެމްޑީޕީގެ އޭރުގެ ޕީޖީ ލީޑަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް ކުރެވޭ ތުހުމަތުތައް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަށް މިނިވަންކޮށް ތަހުގީގު ނުކުރެވޭނެކަން ތަކުރާރުކޮށް ފާހަގަކުރާކަމަށެވެ.  

އެގޮތުން މުޅިން އާ ތަހުގީގު ޓީމެއް އެކުލަވާލައި، ސިޔާސީ ޕާޓީތަކުން އެ ފަދަ ތަހުގީގަކަށް އެއްބާރުލުން ދިނުމަށް ޖަމީލު ވަނީ ގޮވާލާފައެވެ. 

މިހާރު ކުރަމުންދާ ތަހުގީގަކީ ސިޔާސީ ސަކަރާތެއް ކަމަށް އިދިކޮޅުން ބުނާ ބުނުން ޑރ. ޖަމީލް ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ. އަދި ހިޔާނާތުގައި ބައިވެރިވި އަސްލު މުޖުރިމުން ތިބީ ސަރުކާރާ ޑީލްހަދައިގެން ގޭގައި ކަމަށްވެސް ޖަމީލް ވަނީ ތުހުމަތު ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް