ads
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ---
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކޮށްފި
އެމްޑީޕީގެ ގައުމީ މަޖިލީހަށް މެމްބަރުން ހޮވަން، މި މަހުގެ 29 ވަނަ ދުވަހު ބާއްވަން ތާވަލުކުރި އިންތިހާބު ފަސްކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްދީ، އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެ، އެމަނިކުފާނަށް ފަރުވާދެމުން ގެންދާ މިވަގުތުގައި އިންތިހާބު ބޭއްވުމުގެ މަސައްކަތައިގެން ކުރިއަށް ގޮސް އެކަން ކުރުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނަ ކަމަށެވެ.

އަދި ދާއިރާތަކުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ކަނޑައެޅުމަށްފަހު އިއުލާނު ކުރާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

އިންތިހާބު ފަސްކޮށްފައިވީ ނަމަވެސް، އިންތިހާބާ ގުޅޭގޮތުން ޕާޓީން މިވުގަތަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި އެ ޕާޓިން ނެރުނު ބަޔާނުގައި ވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކޮށްފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެ އިންތިހާބު ފަސްކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވަނިކޮށެވެ. 

ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެ ކައިރީގައި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވެ އެވެ. ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލި ރޭޒަ ފުއްތަށް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އެމަނިކުފާނު ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކުރައްވާފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފަ އެވެ. މި ހަމަލާ އަމާޒުވި ސީދާ ސަބަބެއް އަދި ނޭނގުނަސް ބޮޑަށް ގުޅެނީ ހަރުކަށި ފިކުރާ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް