ބޮކްސް އޮފީހުގަ ރިކޯޑްތައް މުގުރަމުން އަންނަ ފިލްމު ރާދޭގެ ޑައިރެކްޓަރު ބުނީ ސަލްމާން އާއި ދިޝާގެ "ފްރެޝް ޕެއާ" އަކީ ފިލްމުގެ ކާމިޔާބީގެ އެންމެ ބޮޑު އަސްލު ކަމަށެވެ.
އުމުރުގެ ގޮތުން ބަލާނަމަ ސަލްމާން ދިޝާ އަށްވުރެ 27 އަހަރު ދޮށީވާނެ އެވެ. އެހެން ކަމުން ގިނަ ބަޔަކު ވަނީ ފިލްމު ރިލީޒްކުރުމުގެ ކުރިންވެސް ބޮޑެތި ފާޑުކިއުންތައް ފިލްމަށް އަމާޒުކޮށްފައެވެ.
ސަލްމާން އާއި ދިޝާ އެކުގައި ފެނިގެންދާ ފިލްމު ރާދޭ އަކީ މިހާތަނަށް ބޮލީވުޑް ފިލްމަކަށް އެންމެ ގިނަ މީހުން ފުރަތަމަ ދުވަހު ބެލި ފިލްމެވެ.