ads
އަމްރިތާ ރާއޯ އަދި ފިރިމީހާ އަންމޯލް ---
ކައިވެނީގެ އަހަރީދުވަހު އަމްރިތާ ނިންމީ ކޮވިޑް ބަލި މީހުންނަށް އޮކްސިޖަން ހަދިޔާކުރަން
ބޮލީވުޑްގެ ތަރި އަދި އިންޑިއަން މޮޑެލް އަމްރިތާ ރާއޯ އަދި އާރްޖޭ އަންމޯލްގެ ކައިވެންޏަށް މި އަހަރު ފަސް އަހަރު ފުރި، އެކަން ތަފާތު ގޮތަކަށް ފާހަގަ ކުރުމަށް އަމްރިތާ އަދި އަންމޯލް ވަނީ ނިންމާފައެވެ.

އަމްރިތާގެ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާއި ހިއްސާ ކުރި ޕޯސްޓެއްގައި އަމްރިތާ ބުނީ، ކައިވެންޏަށް އިތުރު އަހަރެއް ފުރުން ފާހަގަ ކުރަން ބޭނުންވަނީ، ބޭނުން ޖެހިފައިވާ މީހުންނަށް އޮކްސިޖަން ސިލިންޑަރު ހަދިޔާ ކޮށްގެން ކަމަށެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ބޮއްސުންލާ، ގިނަ ބަޔަކު އޮކްސިޖަން ސިލިންޑަރު ނުލިބިގެން އުޅޭ މި ދަނޑިވަޅުގައި، ބޭނުން ޖެހިފައިވާ މީހުންނަށް އޮކްސިޖަން ސިލިންޑަރު ހަދިޔާ ކުރަން ނިންމާފައިވާކަމަށް އަމްރިތާ ބުނީ، އޭނާ އާއި ފިރިމީހާ މީގެ ކުރިން އެކުގައި ހޭދަކުރި ޗުއްޓީއެއްގެ ފޮޓޯއެއް ހިއްސާ ކުރަމުންނެވެ. 

އެގޮތުން އަމްރިތާ ވަނީ ގައުމަށާއި، މުޖުތަމައަށް ވެދެވެން ހުރި އެހީގެ އަތެއް މިވަގުތު ފޯރުކޮށްދިނުމަކީ އެދެމަފިރިންގެ އެދުމެއް ކަމަށް ބުނެފައެވެ. 

އިންޑިއާގައި އޮކްސިޖަން ބޭނުންވާ މީހުންނަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އޮކްސިޖަން އާމީ" އާއެކު މިދިޔަ މަހު މަސައްކަތް ކުރަން ފަށަފައިވާ ކަމަށާއި، އެކި މީހުން ދީފައިވާ އެހީތެރިކަމާއެކު އަދިވެސް އެ ޖަމިއްޔާއާއެކު މަސައްކަތް ކުރާނެ ކަމަށް އަމްރިތާ ބުނެފައިވެއެވެ. 

އަމްރިތާ އަކީ 2000ގެ ކުރީކޮޅު ގިނަ ފިލްމުތަކަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ. އެގޮތުން އަމްރިތާގެ ފިލްމުތަކުގެ ތެރެއިން ވިވާހް އަދި މެއި ހޫ ނާ އަކީ އަދިވެސް ގިނަ ބައެއްގެ ތެރޭ މަގުބޫލު ފިލްމު ތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް