ޗެލްސީއާ ލެސްޓަރ ސިޓީ ވާދަކުރި ފައިނަލް މެޗުން ލެސްޓަރ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މިއާ އެކު މިއީ ލެސްޓަރގެ ތާރީޚުގައި އެ ޓީމަށް މި މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރުވެސް މެއެވެ. އެފްއޭ ކަޕުގެ ފައިނަލެއްގައިވެސް ލެސްޓަ މީގެ ކުރިން ކުޅެފައިވަނީ ބައިގަރުނު ކުރިންނެވެ.
ލެސްޓާއަށް ފައިނަލް މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓިއެލެމަންސް އެވެ.