ads
ބެލާ ހަޑީީޑު މުޒާހަރާގައި
ނިއުޔޯކްގައި އިޒްރޭލާއި ދެކޮޅަށް ކުރި މުޒާހަރާގައި ބެލާ ހަޑީޑު
ނިއުޔޯކްގައި އިޒްރޭލާއި ދެކޮޅަށް ކުރި މުޒާހަރާގައި ބެލާ ހަޑީޑު ބައިވެރިވެއްޖެ އެވެ.

އިޒްރޭލުން ގަޒާއަށް ދެމުން އަންނަ ހަމަލާތަކާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން އަންނައިރު ސުޕާ މޮޑެލް ބެލާ ވަނީ އިޒްްރޭލާއި ދެކޮޅަށް ނިއުޔޯކްގެ މަގުމައްޗަށް ނިކުމެފައެެވެ.

ބެލާ ވަނީ ފަލަސްތީނުގެ ފަޅީގައި ހުރިކަން އަންގަން އިންސްޓަގްރާމް އަދި އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް އަޑު އުފުލާ ވާހަކަ ދައްކާފައެވެ. 

ބެލާ ސޯޝަލް މީޑިއާގައި އާއްމުކުރި ފޮޓޯއެއްގައި އޭނާ ގިނަ އަދަދެއްްގެ މީހުން ތިބި މުޒާހަރާއެއްގެތެރެއިން ފެނެއެވެ. އެ ފޮޓޯގެ ކެޕްޝަންގައި ބެލާ ބުނީ އޭނާގެ ކާފަ އާއި މާމަ ކައިވެނިކުރީ ފަލަސްތީނުގަ ކަމަށެވެ. އެމީހުންނަަށް އަށް ދަރިން ލިބުނު، އެމީހުންނަށް ލިބުނު އަށް ދަރިންނާއެކު އެމީހުން ދާން ޖެހުނު ކަމަށާއި، އެއީ 1948 ވަނަ އަހަރު އެމީހުން ފަލަސްތީނުން ބޭރުކޮށްލުމުން ކަމަށް ބެލާ ބުނެއެވެ. ބެލާ ބުނީ އޭނާގެ މާމަމެން ރެފިއުޖީން ގޮތުގައި ސީރިއާ، ލުބުނަން އަދި ތޫނިިސިއާގައި އުޅުނު ކަމަށެވެ. ބެލާ ބުނީ ފަަލަސްތީނުގެ ތަރިކަ އާއި ސަގާފަތްތަކަށް އޭނާ ލޯބި ކުރާ ކަމަށެވެ. 

ބެލާގެ އިތުރުން އޭނާގެ ދައްތަ ޖިޖީ ހަޑީޑު ވެސް އަންނަނީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލަމުންނެވެ.

55%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް