ads
ޝިއުރާގެ އާއިލާއިން ޝިއުރާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ނުކުރުމަށް ވަނީ އެދިފައެެވެ
ސިކުންތުކޮޅެއްގައިވެސް ހާލަތު ބަދަލުވެދާނެ: ޝިއުރާއަށް މިވަގުތު ބޭނުންވަނީ ހެޔޮ ދުއާ
ހދ. މަކުނުދޫ ކާނޭޝަންމާގެ އުމުރުން 23 އަހަރުގެ ޝިއުރާ އިބްރާހިމްއަކީ އެންމެންނާ ވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ޒުވާނެކެވެ.

އުފާވެރި ޒަވާޖީ ހަޔާތެއްގެ އުންމީދުގައި 2018ވަނަ އަހަރު ކައިވެންޏެއްކޮށް ހިތްހަމަޖެހޭ ދުވަސްތަކެއް ގުނަމުންދިޔަ ޝިއުރާގެ މުޅި ހަޔާތް ކުއްލިއަކަށް ބަދަލުވެގެންދިޔައީ ނުވެސް ވިސްނާ ހުއްޓާ ހަމަ ކުއްލިއަކަށެވެ.

މިވަގުތު ހޮސްޕިޓަލުގައި ހޭނާރާ އޮވެ، މަރާއި ހަނގުރާމަކުރަމުންދާ ޝިއުރާގެ ހާލަތު ސީއެންއެމްއާ އާއިލާއިން ވަނީ ހިއްސާކޮށްފައެވެ. 

ޝިއުރާއަކީ އަބަދުވެސް ބޮލުގައި ރިއްސާތީ އުޅޭ ކުއްޖެއްކަމަށާއި ކޮންމެ ފަހަރަކުވެސް ބޮލުގައި ރިއްސާލުމުން އާދައިގެ ކަމެއްކަމަށް ދެކި ބޭސް ކާލައިގެން ފަރުޖައްސާލަނީ ކަމަށް އާއިލާއިން ބުނެ އެވެ. 

އާއްމުކޮށްވެސް އަހަރެމެން ބޮލުގައި ރިއްސާލުމުން ޕެނެޑޯލް ގުޅައަކުން ފަރުޖައްސާލަނީ އެވެ. މާބޮޑު ކަމަކަށް ނަހަދަ އެވެ. ބޭސް ކައިގެންވެސް ހައްލުނުވާނަމަ އެއީ މަައިގްރޭން ކަމަށް ވިސްނައިގެން އެކަމަށް ބޭސް ކާ މީހުންވެސް މަދެއް ނޫނެެވެ. ޝިއުރާވެސް ވިސްނުނީ ހަމަ އެގޮތަށެވެ. 

އެހެންހުއްޓާ މި ނިމުނު ރަމަޟާން މަހުގެ ފަހުކޮޅު އަނެއްކާވެސް ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކިއެވެ. އެހެން ނަމަވެސް އެފަހަރުވެސް ޑޮކްޓަރު ދިނީ ތަދުކަނޑުވާ ބޭހެކެވެ. އެ ބޭސްކައިގެން އަނެއްކާވެސް މަޑުކޮށްގެން ހުއްޓާ މީގެ ހަފްތާއެއް ކުރިން ބޮލުގައި ވަރަށް ގަދައަށް ރިއްސާތީ އައިޖީއެމްއެޗްއަށް ދެއްކުމުންވެސް ދިނީ މައިގްރޭން ކަމަށް ހީކޮށް ބޭހެވެ. ޓެސްޓެއް ނަހަދަ އެވެ. އެބޭސް ކެއުމުން ގަދައަށް ނިދި އަންނާތީ ގިނަ ވަގުތު ޝިއުރާއަށް އޮންނަނީ ނިދިފައެވެ. މިކަހަލަ ގޮތަކަށް އުޅެމުންދަނިކޮށް ޝިއުރާގެ މުޅި ހަޔާތް ބަދަލުވެގެން ދިޔައީ މިމަހުގެ 15ވަނަ ދުވަހުގެ ހަވީރު އެގޮތައް ނިދިފައި އޮށްވާ ފިރިމީހާ ކާން ގޮވުމުން ހޭލެވުނު ހިސާބުންނެވެ. 

އޭނާގެ ފިރިމީހާ ގޮވީ ކާންވީނޫންހޭ ޝިއުރާއޭ. އޭރު ތިން ދުވަސްވެއްޖެ ނުތެދުވެ އޮންނަތާ ހަމަ ބޮލުގައި ރިއްސާތީވެ، ގޮވީމަ ހަމަނުޖެހޭ ވާހަކަ ދައްކަނީ، ބޮޑަށް ހީކުރީ ނިދީގައި ދައްކަނީ ކަމަށް، ފަހުން ފެންވެރުވުމުން ވެސް ހީ ހަދަނީ ހަމަ ހަމަނުޖެހޭ ވާހަކަ ދައްކަނީ. އެހެންވެ ދެން އެނގިއްޖެ ސިކުޑި ހަަމަނުޖެހެނީކަން. ދެން ދިޔައީ ހޮސްޕިޓަލަށް ގޮވައިގެން- ޝިއުރާގެ އާއިލާގެ މީހަކު ކިޔައިދިނެވެ.

ހޮސްޕިޓަލަށް ގެންގޮސް ވާހަކަ ދެއްކުމަށް ބަދަލު އައިސްފައިވާކަމަަށް ބުނުމުން ސީޓީ ސްކޭންއެއް ހެއްދުމަށް ފަހު ފުރަތަމަ ވެސް ޝިއުރާ ގެންދިޔައީ އައިސީޔޫއަށެވެ. އައިސީޔޫއަަށް ލީ ހިސާބުން ފެށިގެން ދެން އެގެންފެށީ ޝިއުރާގެ ބޮލުގައި ލޭގަނޑުވެފައިވާ ކަމާއި ސިކުނޑިއަށް ލޭ އެޅެމުން އަންނަ ކަމެވެ. އެހެންކަމުން ޑޮކްޓަރު މަސައްކަތް ކުރީ ސާޖަރީއަކަށް ދިއުމަށެވެ. ނަމަވެސް ވަރަށް އަވަހަށް މީހާގެ ހާލަތު ބަދަލުވެ ސާޖަރީ ހެދުމުގެ ކުރިން ވެސް ޝިއުރާ ދިޔައީ ޕެރަލައިޒް ވަމުންނެވެ.

ލޮލަށްވެސް ނުފެނިދާނެކަމަށް ސާޖަރީ ހެދުމުގެ ކުރިން ވެސް ބުނި، ދެން ސާޖަރީ ހެދީ އިއްޔެ ހަވީރު، ހަދައިގެން ނެރުންފަހުން ވެސް އެއްވެސް އިމްޕްރޫވްމެންޓެއް ނާދެ. ދެން ބުނީ އެހެން އޮވެދާނެއޯ ކިތަންމެ ދުވަހެއް ވަންދެން ވެސް. މިހާރު ދެން ކުޑަކޮށް ދެލޯވެސް ނިކުންނަން ފަށައިފި ދުޅަވެފައި އޮތީ- ޝިއުރާގެ އާއިލާގެ މީހަކު ކިޔައިދިނެވެ.

ޝިއުރާގެ ހާލަތު ގޯސްވެފައިވާ މިންވަރު އޭނާގެ ދައްތަ ސީއެންއެމްއާ ހިއްސާކުރީ އަސަރާ އެކުއެވެ. އޮޕަރޭޝަނަށް ފަހު ވެސް ހާލަތު ރަނގަޅުވާނެ ކަމުގެ އެއްވެސް އުންމީދެއްނެތި ޝިއުރާ ނޭވާލަމުންދަނީ ވެންޓިލޭޓަރުގެ އެހީގަައެވެ. 

އާއިލާއެއްގެ އުފާވެރިކަން މިއަދު ވަނީ ޝިއުރާގެ މިހާލަތާއިއެކު ނެތިފައެވެ. އަބަދުވެސް ހިތްހެޔޮ އެންމެންނާއިވެސް ގުޅޭ ޝިއުރާއަށް ކުއްލިއަކަށް ދިމާވި މި ހިތްދަތި ކަމުގައި މުޅި އާއިލާވެސް ވަނީ ގޮތް ހުސްވެ، ހިތްދަތި ކަމެއްގައެވެ. ޒުވާން އުމުރުގައި ފެށި ދިރިއުޅުމަށް އާ ލޮޅުމާއިއެކު ޝިއުރާގެ ފިރިމީހާއަށްވެސް ވަނީ ނުހަނު ފުން އަސަރެއްކޮށްފައެވެ. މުޅި އާއިލާއިންވެސް އިންތިޒާރުކުރަމުންދަނީ ޝިއުރާ ހޭ އަރާނެ ވަގުތަކަށެވެ. އާއިލާއިން އެދެނީ ޝިއުރާއަށް މިވަގުތު އެންމެ ބޭނުންވާ ހެޔޮ ދުއާ އެވެ.  

މީހެއްގެ ދިރިއުޅުމަކީ ކުޑަވަގުތުކޮޅެެެއްގެ ތެރޭގައިވެސް ބަދަލުވެދާނެ އެެެެއްޗެކެވެ. ފުރިހަމަ ސިއްހަތަކަށް އެބުރި ރުޖޫއަވުމަށް ޝިއުރާއަށް މިވަގުތު ބޭނުންވާ ހަމައެކަނި އެއްޗަކީ އެންމެންގެ ލޯތްބާއި ހެޔޮ ދުއާއެވެ. އާއިލާއިން އެދެނީ އެންމެންވެސް ޝިއުރާއަށްޓަކައި ހެޔޮދުއާ ކޮށްދިނުމެވެ. 

ސީއެންއެމްގެ މުޅި ޓީމުންވެސް އެދެނީ ޝިއުރާއަށް އަވަސް ޝިފާއެއް މިންވަރުކުރައްވާ ހެޔޮ ހާލުގައި އަލުން އަވަސް މުސްތަގުބޮލެއްގައި އާއިލާއާއި ބައްދަލުކުރުމެވެ. އަދި އެންމެންގެ ދުއާގައި ޝިއުރާ ބައިވެރިކޮށްދިނުމެވެ.

21%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
66%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް