ads
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު---
ނީލޯފަރު ހިނގުން ހުސްކުރަން ހައުސިން މިނިސްޓްރީން އެއްބާރުލުން ނުދިން
ނީލޯފަރު ހިނގުން ވެހިކަލް ޕާކު ނުކުރެވޭ މަގަކަށް ހެދިފައި ނުވަނީ ޕާކިން ޖާގަ ހެދުމަށްޓަކައި ހައުސިން މިނިސްޓްރީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް އެކަށީގެންވާ އެއްބާރުލުން ދީފައި ނުވާތީ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެގޮތުން ނީލޯފަރު ހިނގުން ޕާކު ނުކުރެވޭ މަގަކަށް ހެދިފައި ނުވަނީ ޕާކިން ޖާގަ ހެދުމަށްޓަކައި ގ. ބިއްލޫރިޖެހިގެ ނުވަތަ ފޭދޫކޮށި (ބްލޮކް 139) ހައުސިން މިނިސްޓްރީން މާލެ ސިޓީ ކައުންސިލާއި ހަވާލު ކޮށްފައި ނުވާތީ އާއި އެމިނިސްޓްރީގެ ފަރާތުން އެކަށިގެންވާ އެއްބާރުލުން ދީފައި ނުވާތީ ކަމަށް މާލެ ސިޓީގެ މޭޔަރު ސިފާ މުހައްމަދުގެ ބަޔާނުގައި ބުނެފައިވެއެވެ. 

އަދި "ހިތްފަސޭހަ މާލެއަކަށް މަގުފަހިކުރުން" ޕްރޮގްރާމުގެ ދަށުން ނީލޯފަރު ހިނގުމުގެ އިތުރުންވެސް ހަތަރު ގޯޅިއެއް ޕާކު ނުކުރެވޭ މަގުތަކަށް ހެދުމަށް ތިން ވަނަ ދައުރުގެ 119 ވަނަ ޖަލްސާއަށް ހުށަހަޅާފައިވާނެ ކަމަށްވެސް އެބަޔާނުގައި ވެެއެވެ.

ހަމައެހެންމެ ނީލޯފަރުގައި ސައިކަލު ޕާކު ކޮސްފައި ހުރުމުން ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ދަތިވާ ކަމަށް އެމްއެންޑީއެފުން ސިޓިއަކުން އަންގާފައިވާ ކަމަށްވެސް އެބަޔާނުގައި ބުނެއެވެ.

އެހެންކަމުން ނީލޯފަރަކީ ޕާކު ނުކުރެވޭ މަގަކަށް ހެދުމަށްޓަކައި އެތާ ކައިރިން ޕާކިން ޒޯނެއް ހަދަން 23 މާޗުގައި ހައުސިން މިނިސްޓްރީއަށް ސިޓީއަކުން އެދުމުގެ އިތުރުން މިނިސްޓަރު އަސްލަމަށް ވަޓްސްއެޕުން ވެސް އެދިފައި ވާނެ ކަމަށް އެބަޔާނުގައި ވެއެވެ. 

މީގެއިތުރުން ބިއްލޫރިޖެހިގެއާއި ފޭދޫކޮށި ހަވާލުކުރުމަށް މޭޔަރު އިންނެވި މަޖިލީހެއްގައި މިނިސްޓަރު އަސްލަމުގެ އަރިހުން ރައީސް ނަޝީދުވެސް އެދިފައިވާ ކަމަށް ވެސް މިބަޔާނުގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް