"ސްޓޫޑެންޓް އޮފް ދަ އިޔަ 2" އިން ބޮލީވުޑަށް ތައާރަފްވި ތާރާ ސުތަރިއާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ހޯދާފައެވެ. ހާއްސަކޮށް ޒުވާން އަންހެން ކުދިންނަށް ތާރާ އަކީ ނަމޫނާ އެކެވެ. އޭނާ އަކީ ބޮލީވުޑު ފަންނާނުންގެ ތެރެއިން ހެދުން އެޅުމުގައި ވަރަށް ތަފާތު އަދި ރީތި ގޮތެއް ގެން ގުޅޭ ފަންނާނެކެވެ.

Advertisement
"ސްޓޫޑެންޓް އޮފް ދަ އިޔަ 2" އިން ބޮލީވުޑަށް ތައާރަފްވި ތާރާ ސުތަރިއާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ. ހާއްސަކޮށް ޒުވާން އަންހެން ކުދިންނަށް ތާރާ އަކީ ނަމޫނާ އެކެވެ. އޭނާ އަކީ ބޮލީވުޑު ފަންނާނުންގެ ތެރެއިން ހެދުން އެޅުމުގައި ވަރަށް ތަފާތު އަދި ރީތި ގޮތެއް ގެން ގުޅޭ ފަންނާނެކެވެ.
އުމުރުން 23 އަހަރުގެ ތާރާ ހެދުން އަޅާ ގޮތާ މެދު އަބަދުވެސް ސަޕޯޓަރުންގެ ފަރާތުން އަންނަނީ ޕޮސިޓިވް ކޮމެންޓެވެ. އަދި އޭނާ ލާ ކަހަލަ ހެދުން ލުމަށް ގިނަ އަންހެނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ތާރާގެ ބައެއް ހެދުންތައް:
ތާރާއަކީ ލަވަކިޔުންތެރިއެއް އަދި ނެށުންތެރިއެއް ވެސް މެއެވެ. އޭނާ ވަނީ ތާރޭ ޒަމީން ޕަރް އާއި ގުޒާރިޝް އަދި ޑޭވިޑް ފަދަ ފިލްމުތަކަށް ލަވަކިޔާފަ އެވެ.
އޭނާގެ ފުރަތަމަ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔަ 2" ނެރެފައި ވަނީ މި އަހަރުގެ މެއި މަހު 10 ވަނަ ދުވަހު އެވެ. އެ ފިލްމުގައި ތާރާ އާއެކު އަނަންޔާ ޕާންޑޭ އަދި ޓައިގާ ޝްރޮފް ވެސް ވަނީ ފެނިފަ އެވެ.
ތާރާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ "މަރްޖާންވާން" އިންނެވެ. އެ ފިލްމުގައި އޭނާ އާއެކު ފެނިގެންދާނީ ސިދާތު މަލްހޯތުރާ އެވެ.