ads
ފަލަސްތީނުގެ ކުޑަކުއްޖަކު ޒަހަމް ވެފައި----
އިސްރާއީލްގެ ހަމަލާތަކުން ކޮންމެ ގަޑި އިރަކު ފަލަސްތީނުގެ ތިން ކުޑަކުދިން ޒަހަމުވޭ
މިދިޔަ ހޯމަ ދުވަހު އިސްރާއީލުން ދޭންފެށި ބޮމުގެ ހަމަލާތަކުން ކޮންމެ ގަޑި އިރެއް ތެރޭ ފަލަސްތީނުގެ ތިން ކުޑަކުދިން ޒަހަމްވާ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކުގައި ފަލަސްތީނުގެ މައުސޫމު އެތައް ކުޑަކުދިންނަކާއި އަންހެނުންނެއް ޝަހީދުކޮށް، މުސްލިމުންގެ މުގައްދަސް އަގްސާ މިސްކިތައްވެސް ވަނީ ހަމަލާ ދީފައެވެ.

ފަލަސްތީނުގެ އިންފޮމޭޝަން މިނިސްޓްރީން ރިޕޯޓުކޮށްފައިވާ ގޮތުގައި 2000 އަހަރުން ފެށިގެން އިން ފެށިގެން 2021 ގެ ނިޔަލަށް އިސްރާއީލުގެ ހަމަލާތަކުގައި ގާތްގަނޑަކަށް ފަލަސްތީނުގެ 3090 ކުޑަކުދިން މަރުވެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ދަނީ ހުއްޓާނުލާ ފަލަސްތީނުގެ ގައްޒާއަށް ބޮން އަޅާ ވައިގެން މަގުން ހަމަލާތައް ދެމުންނެވެ. 

"ސޭވް ދަ ޗިލްޑްރަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހު އިސްރާއީލުން ދޭންފެށި ބޮމުގެ ހަމަލާތަކުން ކޮންމެ ގަޑި އިރެއް ތެރޭ ފަލަސްތީނުގެ ތިން ކުޑަކުދިން ޒަހަމްވެއެވެ.

މިއަދު އެކަނިވެސް އިސްރާއީލުން ހަމަލާދީ ގައްޒާގެ 200 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. އިސްރާއީލުން ގައްޒާގެ ޕަވާ ލައިން ތަކަށް ހަމަލާ ދިނުމުގެ ސަބަބުން ގައްޒާގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓުވެސް ކެނޑިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް