ads
ރައީސް ސޯލިހް____
މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު: ރައީސް ސޯލިހް
މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ހަވާލުވެވަޑައިގަންނަވަނީ، ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫންކަމަށާއި، މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުން ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމެޓީތަކުގެ އިގްރާރްވުމުގެ މުނާސަބަތާއި ގުޅިގެން ރައީސް ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީހުގައި، ރަން އަކުރުން ފެވިގެންދާނެ ދުވަހެއް ކަމަށެވެ. ސަބަބަކީ، މިއަދަކީ ހަގީގީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް، ހިންގަން ފެށުނު ދުވަސް ކަމަށްވާތީކަމަށް ރައީސް ވިދާޅުވިއެވެެ.

ރައީސް ސޯލިހް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް މި ގެނައި ބަދަލުތައް ގެނައުމުގެ ކުރިން، ވަރަށް ފުޅާ ދާއިރާއެއްގައި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާފައިވާނެ ކަމަށާއި، ރައްޔިތުންގެ މަޝްވަރާއާ އެއްގޮތަށް ގާނޫނު އިސްލާހުކޮށް، ލާމަރުކަޒީ ނިޒާމަށް އެބަދަލުތައް ގެނައީ، ރައްޔިތުންގެ ވިންދު ހުރީ، އެ ބަދަލުތަކާއިގެން ކުރިއަށް ދިޔުމަށް ކަމަށްވާތީކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެެ.

“ތިޔަބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ޙަވާލުވެވަޑައިގަންނަވަނީ، ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ގައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާބޮޑު. ތިޔަބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ، ތިޔަބޭފުޅުންނާ ހަވާލުކުރެވޭ، ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ، ތިޔަބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްގީކޮށްދެއްވުން. މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މިގެނައި ބަދަލުތަކުގެ، ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު”ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ރާއްޖެއަށް ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، މި ބަލި ކޮންޓްރޯލް ކުރުމުގައިވެސް، ކައުންސިލްތަކުން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވުން ވަރަށް މުހިންމުކަމަށް ދެކޭ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. 

ރައީސް ސޯލިހްގެ ހިތޯބު ނިންމަވާލައްވަމުން ވިދާޅުވީ، އުންމީދު ކުރަނީ، ލާމަރުކަޒީ ނިޒާމަށް ގެނައި މުހިންމު ބަދަލުތަކާއެކު، ރަށްރަށަށް ހަލުވި ތަރައްޤީއެއް އަންނާނެ ކަމަށް ކަމަށާއި، ސިޔާސީ ގޮތުން އަންހެނުން އިތުރަށް ބާރުވެރިވެ، ފަސްޖެހުމެއްނެތި، ގައުމީ ތަރައްގީގެ ކަންކަމުގައި ހަރަކާތްތެރިވެ އުޅުމުގެ ހިތްވަރާއި ކެރުން، ރާއްޖޭގެ އަންހެނުންނަށް ލިބިގެންދާނެ ކަމަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް