ads
ގޫގުލް އިން އޮންލައިން އިސްތިހާރުގައި ވާދަވެރިންނަށް އޮޅުވާލާތީ ފްރާންސުން ޖޫރިމަނާކޮށްފި
2019 ނިމެނިކޮށް ގޫގުލް އަށް އެރި ހަމަލާއެއް
ވިޔަފާރީގައި އަމިއްލަ މަސްލަހަތު އިސްކޮށް ވާދަވެރިންނަށް އޮޅުވާލާ ކަމަށް ބުނެ، ފްރާންސްގެ އިދާރާތަކުން ގޫގުލް 167 މިލިއަން ޑޮަލަރުން ވަނީ ޖޫރިމަނާކޮށްފަ އެވެ. މި ދިޔަ އަހަރު ނިމެމުން ދަނިކޮށް ގޫގުލް އަށް އެރި މި ހަމަލާގެ ސަބަބުން، އަޒުމު އަލުން އާކުރަން ގޫގުލް އަށް ވަނީ މަޖުބޫރުވެފަ އެވެ.
Advertisement
ވިޔަފާރީގައި އަމިއްލަ މަސްލަހަތު އިސްކޮށް ވާދަވެރިންނަށް އޮޅުވާލާ ކަމަށް ބުނެ، ފްރާންސްގެ އިދާރާތަކުން ގޫގުލް 167 މިލިއަން ޑޮަލަރުން ވަނީ ޖޫރިމަނާކޮށްފަ އެވެ. މި ދިޔަ އަހަރު ނިމެމުން ދަނިކޮށް ގޫގުލް އަށް އެރި މި ހަމަލާގެ ސަބަބުން، އަޒުމު އަލުން އާކުރަން ގޫގުލް އަށް ވަނީ މަޖުބޫރުވެފަ އެވެ.

ޔޫރަޕްގެ ގައުމުތަކުގައި ގޫގުލް އަށް އަބަދުހެން ކަހަލަ ގޮތަކަށް ބޮޑެތި އަދަބުތައް ލިބެ އެވެ. މި ހުރިހާ އަދަބެއް ގުޅިފައި ހުންނަނީ ގޫގުލްގެ ޚިދުމަތަކާ އެވެ. އަދި އޮންލައި ވިޔަފާރީގައި، ޚާއްސަކޮށް އޮންލައިން އިސްތިހާރުކުރުމުގައި ވާދަވެރިންނަށް އޮޅުވާލުން ވެސް ސަބަބަކަށް ވެ އެވެ.

އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކުން ފާރަލާ ކުންފުނިތަކުގެ ތެރޭގައި، އެމެޒޯން، ފޭސްބުކް، އެޕަލް އަދި ގޫގުލް ހިމެނެ އެވެ. އެއީ މި ކުންފުނިތަކުން ޓެކްސް ދެއްކުމުގައި ހަދާ މަކަރުގެ ސަބަބުންނެވެ. ޔޫރަޕްގެ ގައުމުތަކުން ދެކޭ ގޮތުގައި ޓެކްހަށް މަކަރުހެދުމަކީ ގޫގުލްގެ އާދަ އެކެވެ.

ގޫގުލް އިން ފްރާސްގެ އިދާރާތަކަށް އެއް ބިލިއަން ޑޮލަރު ދައްކަން، ސެޕްޓެމްބަރު 2019 ގައި އެއްބަސްވީ ވެސް، ގޫގުލުން ހަދަމުންދިއަ މަކަރުތަކެއް ފަޅާއެރުމާ ގުޅިގެންނެވެ. އަހަރީ ހިސާބުތައް ހާމަކުރުމުގައި ގޫގުލުން އޮޅުވާލާފައި ވާކަން ސާބިތުވުމުންނެވެ.

ގޫގުލް ސާޗް އިންޖީން އަށް މުޅި ދުނިޔެ އިތުބާރުކުރެ އެވެ. އަދި އެ ޚިދުމަތާނުލައި ދިރިނޫޅެވޭ ވަރަށް ގޫގުލް ސާޗް ވަނީ ކުރިއަރާފަ އެވެ. އެހެން ނަމަވެސް، ޔޫރަޕްގެ ގައުމުތަކުން ބުނާ ގޮތުގައި، ގޫގުލް ސާޗް އިންޖީން ބޭނުންކުރާ މީހުންނަށް ގޫގުލް އިން ދައްކަނީ، ކަސްޓަމަރުން ހޯދާ އެއްޗަކަށް ވުރެ، އެ އެއްޗެއްގައި ގޫގުލްގެ ޝައުގުރިކަން ބޮޑު ތަކެޗެވެ. މިއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ޔޫރަޕްގެ ގައުމުތަކުން ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް