ads
ދިޝާ
ދިޝާ އޭނާގެ އުމުރު އޮޅުވާލި
ދިޝާ ޕަޓާނީ އަކީ ބޮލީވުޑްގެ މަޝްހޫރު ތަރި އެކެވެ. ދިޝާގެ ސްޓައިލްއާއި ހެދުން އެޅާ ގޮތަކީ ގިނަ ބަޔަކަށް މަގްބޫލް ގޮތެކެވެ. އޭނާއަކީ ގިނަ ބައެއްގެ ހިތްތައް ކަތިލާފައިވާ ތަރި އެކެވެ.

ދިޝާގެ ބުރުސޫރަ އާއި އޭނާގެ ބައްޓަމަށް ބަލާލާފައި އޭނާއަކީ 23 އަހަުގެ ޒުވާނެކޭ ގިނަ ބަޔަކު ބުނާނެ އެވެ. ނަމަވެސް މި ފަރި ބަތަލާއަށް މިހާރު 28 އަހަރު ވަނީ ފުރިފަ އެވެ.

ދިޝާ ވަނީ އޭނާ ފުރާވަރު ދުވަސްވަރުގައި ވީޑިއޯއެއް ކުޅުމަށް ނަމާއި އުމުރު އޮޅުވާލާފަ އެވެ. އެގޮތުން 2012 ވަނަ އަހަރުގައި ދިޝާ އޭނާއަށް 20 އަހަރު ކަމަށާއި ނަމަކީ ދިޝާ ޕަޓްނީ ކަމަށް ވަނީ ބުނެފަ އެވެ. އުފަން ދުވަހަކީ 13 ޖޫން 1992 ކަަމަށް ދިޝާ އެ ވީޑިއޯގައި ބުނެ އެވެ.

މިކަމާ ގުޅިގެން ދިޝާއަށް ގިނަ ބައެއްގެ ފާޑު ކިއުންތަކާ ކުރިމަތިލާން ޖެހުނެވެ. ދިޝާ ވަނީ އެކަމަށް މާފަށް ވެސް އެދިފަ އެވެ.

އަދި 2016 ވަނަ އަހަރުގައި ދިޝާ ވަނީ އޭނާއަށް 20 އަހަރު އަދިކިރިއާ ފުރުނީ ކަމަށް ބުނެފަ އެވެ. އަދި އުފަން ދުވަހަކީ 25 ޖުލައި 1995 ކަމަށް ދިޝާ ހާމަކުރި އެވެ.

ދިޝާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސަލްމާންގެ ރާދޭ ފިލްމުގެ ލަވައަކުން ނެވެ. އެ ލަވައިގައި ދިޝާގެ ނެޝުމަށް އަންނަނީ ގިނަ ބައެއްގެ ތައުރީފު ލިބެމުން ނެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް