ނަމަވެސް އެ ދެ ތަރިން ވަނީ ވަރަށް ފަހުން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އެކުގައި ޒިޔާރަތް ކޮށްފަ އެވެ. އެހެންކަމުން ދެމީހުން ރަށްޓެހިވެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް އިތުރު ބޮޅެއް ވަނީ އިތުރުވެފަ އެވެ.
އަނަންޔާ އަދި އިޝާން އެކުގައި ނަގާފައޮވާ ވީޑިއޯއެއްގައި ދެ ތަރިން ވާހަކަދައްކަމުން ގޮސް އިޝާން ވަނީ އަނާންޔާއަށް ލޯބިން މިއުސް އޭ ކިޔާ ގޮވާލާފަ އެވެ.
އިޝާން އެހެން ކިއުމާ އެކު އަނަންޔާ ލަދުން ރަކިވި މަންޒަރުވެސް އެވީޑިއޯއިން ފެނިގެން ދެއެވެ.
އިޝާން އާއި އަނަންޔާ އެކުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމަކީ ކާލީ ޕީލީ އެވެ. ސްޓޫޑަންޓް އޮފް ދަ އިޔާ ދެއަކުން އަނަންޔާ ބޮލީވުޑަށް ނުކުތްއިރު އިޝާން ބޮލީވުޑަށް ނިކުތީ ދަޅަކް އިންނެވެ. އެކަމަކު އޭނާގެ ފުރަތަމަ ފިލްމަކީ ބިޔޯންޑް ދި ކްލައުޑްސް އެވެ.