ads
ހޯދެމުންދާ މީހާ ފޮޓޯ:-- ޕޮލިސް މީޑިއާ
މައި ކޮލެޖުން ވައްކަން ކުރި މީހާ ޙޯދަނީ
މައި ކޮލެޖުން ވައްކަން ކުރި މީހަކު ދެނެގަތުމުގައި ދިވެހި ފުލުހުން އާއްމުންގެ އެހީއަށް އެދިލައްވައިފި އެވެ.

ފުލުހުން ވަނީ މައިކޮލެޖުން ވައްކަން ކުރި މައްސަލާގައި ހިމެނޭ މީހާ ފެންނަ ސީސީޓީވީ ފުޓޭޖް އާއްމުކުރައްވާފައެވެ. ވީޑިއޯއިން ފެންނަ ޒުވާނާ އެތަނަށް ވަންނަނީ މާސްކްއަކުން މޫނު ނިވާކޮށްގެންނެވެ. އަދި ނިކުމެގެންދާއިރު އޭނާގެ ކޮނޑުގައި ދަބަހެއް އޮވެއެވެ. 

ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހަކީ 2021 މާރިޗް 16 ވަނަ ދުވަހުގެ ވަގުތެއްގައި މައި ކޮލެޖުގެ ދޮރަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ. 

ވީމާ މީނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެއީ ފުލުހުންގެ ވަރަށް ބޮޑު އެދިލެއްވުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް