ads
ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު-- ފޮޓޯ: މިހާރު
ދައުވާ ކޮށްފިނަމަ މަގާމުގައި އެންމެ ދުވަހަކުވެސް ނުހުންނާނަށް: މަހުލޫފު
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދައުވާ ކޮށްފިނަމަ އެންމެ ދުވަހަކުވެސް މަގާމުގައި ނުހުންނާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައި މަޖިލީހުން މި މަހު އާންމުކުރި އެމްއެމްޕީއާރުސީ ހިޔާނާތުގެ ޝައްކު ކުރެވޭ މީހުންގެ ލިސްޓުގައި މިނިސްޓަރު މަހުލޫފުގެ ނަންވެސް ހިމެނެއެވެ. ލިސްޓުގައި ނަން ހިމެނޭ ދައުލަތުގެ އެކި މަގާމުތަކާއި ތިބި މީހުން މަގާމުން ވަކިކުރުމަށްވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

މިކަމާ ގުޅިގެން މަހުލޫފު ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފްގެ ޗެކުގެ މައްސަލައިގައި 2019 ވަނަ އަހަރު މާގާމުން ސަސްޕެންޑުކުރުމަށްފަހު އަލުން މަގާމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ތަހުގީގު އިދާރާތަކުން މައްސަލައެއް ނެތްކަމަށް އޭރު ނިންމުމުން ކަމަށް ވިދާޅުވިއެވެ. 

އެހެންކަމުން ސިޔާސީ ބަޔަކު އެކުލަވާލި، އަދި އެ މައްސަލައާއި ސީދާ ގުޅުންނެތް އެތައްބައެއްގެވެސް ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއްގައި ނަން އޮތުމަކީ ކުށްވެރިވުން ނޫން ކަމަށާއި ހިޔާނާތުގައި ބައިވެރިވުން ކަމުގައިވެސް ނުދެކޭކަމަށް ވިދާޅުވިއެވެ. ނަމަވެސް ހިޔާނާތުގެ ދައުވާ ކޮށްފިނަމަ މިނިސްޓަރުގެ މަގާމުގައި އެންމެ ދުވަހަކުވެސް ނުހުންނާ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑުގެ މައްޗަށް ދައުވާއެއް ކޮށްފިނަމަ މި މަގާމުގައި އެންމެ ދުވަހަކުވެސް ނުހުންނާނަނަށް" މަހުލޫފު

މީގެ ކުރިން އޭސީސީން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އާންމުކުރި ރިޕޯޓްގައިވެސް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ނަން ވަނީ ހިމެނިފައެވެ. މަހުލޫފު ވަނީ އެސްއޯއެފުން 33000 ޑޮލަރު ބައްލަވައިގަތްކަމަށް ވިދާޅުވެ، ޑޮލަރު ގަތުމަށްފަހު އެކުންފުންޏަށް ފައިސާ ދެއްކި ރަސީދު ވެސް އާންމުކުރައްވާފަ އެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިނިސްޓަރު މަހުލޫހު މަގާމުން ސަސްޕެންޑުކޮށްފައެވެ. އަދި އަލުން މަގާމު ހަވާލުކޮށްފައިވަނީ މަހުލޫފުގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝުން 2019 ވަނަ އަހަރު ބުނުމާ ގުޅިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް