ads
އަމީތާބް
ތޫފާން ޓައުޓެގަ އަމީތާބުގެ އޮފީސް ސުންނާފަތި ވެއްޖެ
ތޫފާން ޓައުޓެގެ އަސަރު އިންޑިއާއަށް ކުރަމުން ދާއިރު ގަދަ ވިއްސާރައިގައި އެ ގައުމުގެ ގިނަ ސިޓީތަށް އޮތީ ފެނު އަޑީގަ އެވެ. އެ ތޫފާނުގައި 20 އަށްވުރެ ގިނަ މީހުން މިހާރު ވަނީ މަރުވެފަ އެވެ.

އިންޑިއާގެ މުމްބައީއަށް ވެސް އަންނަނީ ތޫފާނު އަސަރު ކުރަމުން ނެވެ. ގިނަ ގެތަކެއް ހަލާކުވެ އެ ސިޓީވެސް މިހާރު އޮތީ ފެނު އަޑީގަ އެވެ.

ޓައުޓެ ވިއްސާރައިގައި މަޝްހޫރު ބޮލީވުޑް އެކްޓަރު އަމީތާބް ބައްޗަންގެ އޮފީސް އަދި އޭނާގެ މުވައްޒަފުން އުޅޭ ގެތަށް ވަނީ އެއްކޮށް ސުންނާފަތިވެފައި ކަމަށް އޭނާ ބުނެ އެވެ.

އަމީތާބް އޭނާގެ އިންސްޓާގްރާމް މެދުވެރިކޮށް ބުނެފައި ވަނީ މިއީ އިންޑިއާއަށް ވަަރަށް ހިތާމަވެރި ވަގުތެއްގައި ކަމަށެވެ. ގިނަ ބައެއްގެ ފުރާނަވެސް ގެއްލެމުންދާއިރުގައި އެތަށް ބައެއްގެ ގެތައް ވެސް ތޫފާންގަ ދިޔަ ކަމަށެވެ.

އަމީތާބް ބުނީ ތޫފާނުގައި އޭނާގެ އޮފީހާއި މުވައްޒަފުން ދިރިއުޅެމުން ދިޔަތަން ވަނީ ހަލާކުވެފައި ކަމަށެވެ. އަދި މިހާރު މުވައްޒަފުންނަށް ހުރުމުގެ ވަގުތީ އިންތިޒާމެއް ވަނީ ހަމަޖައްސާފައި ކަމަށް އަމީތާބު ބުނެ އެވެ.

ތޫފާން ޓައުޓެގެ އަސަރު ކުރަމުން ދާއިރުގައި އެންމެންވެސް ސަލާމަތްވެ ތިބުމަށް ގިނަ ތަރިން ތަކެއް އިލްތިމާޒް ކުރެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް