ads
ކިޝޯރު ފޮޓޯ:---
ވާޒީފާ ދުކޮށްލާފައި ގަތީ 20 ގެރި، މިއީ މިހާރު މަހުޖަނެއް
އިންޑިއާގެ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ ކިޝޯރު އިންދުކުރީ އަކީ އެމެރިކާގެ އިންޓެލް ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ ޒުވާނެކެވެ. ނަމަވެސް 6 އަހަރު ދުވަހު ވަޒީފައިގާ އުޅުމަށްފަހު އޭނާ ބޭނުންވީ އެނބުރި ގައުމަށް ގޮސް ތަފާތުކަމެއް ކުރާށެވެ.

ކިޝޯރު ވަޒީފާ ދޫކޮށްލާފައިވާ އިންޑިއާއަށް ދިޔައީ 2012 ވަަނަ އަހަރު އެވެ. އަދަބުވެސް ދަނޑުވެރިކަމަށް ލޯބިކުރާ މީހެއް ކަމުގައިވާ ކިޝޯރު އޭނާ އަތުގައި އެއްކޮށްފައި ހުރި ލާރިން ގަތީ، 20 ގެރި އެވެ. އެ 20 ގެރިން އޭނާ ބޭނުންވީ އިންޑިއާގައި ބޮޑު ޑިމާންޑެއް އޮންނަ، ޑެއިރީ ޕްރޮޑަކްސްޓްގެ މަސައްކަތް ފެށުމަށެވެ. 

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި އޭނާއަކީ ޕީއެޗްޑީ ފެންވަރަށް ކިޔަވައިގެން ހުރި މީހެއް ކަމުން މިވިޔާފާރިއަށް ނިކުތުމުން އޭނާއަށް ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަ ކުރިމަތިވިއެވެ. ނަމަވެސް ހިތްވަރާއެކު އޭނާ ދިއައީ ކުރިއަށެވެ. ނަތީޖާއެއްގެ ގޮތުން މިހާރު އޭނާގެ ކުންފުންޏަކީ ޑެއިރީ ޕްރޮޑަކްސްޓްސްގެ ވިޔަފާރީގައި ކުރިއަރާފައިވާ ކުންފުންޏެކެވެ. 

މީގެ 9 އަހަރު ކުރިން އިންޓެލްގައި އަދާކުރަމުން އައި ވަޒީފާދޫކޮށްލާފައިވާ ފެށި އާ ވިޔަފާރިން މިހާރު ކިޝޯރު ވަނީ މަހުޖަކަށް ވެފައެވެ. އެގޮތުން ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ކުންފުނީގައި މިހާރު 120 މީހުން މަސައްކަތް ކުރެއެވެ. އަދި އޭނާގެ ކަސްޓަމަރުންގެ ގޮތުގައި 10،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެވެ. އޭނާގެ ކުންފުންޏަށް އަހަރު 44 ކުރޯޑު އިންޑިއާ ރުޕީސްގެ ފައިދާއެއް ލިބޭ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. 

ކިޝޯރުގެ މި އާދަޔާ ހިލާފު ވާހަކަތައް އާއްމުންގެ ސަމާލުކަމަށް އައިސް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އޭނާއަށް ތައުރީފުކޮށް ޕޯސްޓު ކުރަމުންނެވެ.

82%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް