އެޗްއީއޯސީން މިހާރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، ފުލުހުންނާއި ސިފައިން ގުޅިގެން މާލޭ މަގުތައް ބެލެހެއްޓުމަށް ކުރި މަސައްކަތުގައި މާސްކު ނާޅާ ބޭރުތެރޭ އުޅުމުގެ ސަބަބުން 159 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ކާފިއު ވަގުތު ބޭރުތެރޭ އުޅުނު 252 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ކެފޭ، ފިހާރަ އަދި ސެލޫން ފަދަ ތަންތަނުން ހިދުމަތް ހޯދި ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ދުވަހަކުން ދުވަހަށް އިތުރު ވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ދަންމަން އެޗްޕީއޭއިން ވަނީ ނިންމާފައެވެ.