
އަލްޖަޒީރާއިން ރިޕޯޓްކުރާގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ހަމާސްއިން ވެސް ވަނީ ހަމަލާ ދިނުން ހުއްޓާލާނެ ކަމަށް ކަށަވަރުކޮށްދީފައެވެ.
ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިސްރު މެދުވެރިކޮށް ހަމަލާދިނުން ހުއްޓާލަން ހުށަހެޅި އެއްބަސްވުން އެއްވެސް ޝަރުތަކާއި ނުލާ ގަބޫލު ކޮށްފައިވާ ކަމަށެވެ.
ފަލަސްތީނުގެ ގްރޫޕްތަކުގެ ތެރެއިން ހަމާސް އަދި އިސްލާމިކް ޖިހާދުން ވަނީ ހަމަލާ ދިނުން ހުއްޓާލާނެ ކަން ކަަށަވަރުކޮށްދީފަ އެވެ. އެގޮތުން ހުކުރު ދުވަހު މެންދަމު 02:00 އިން ފެށިގެން ހަމަލާ ބަދަލުކުރުން ހުއްޓާލާނެ ކަމަށް އެ ގްރޫޕްތަކުން ބުނެއެވެ.
ނަމަވެސް ނަތަންޔާހޫގެ އޮފީހުން ބުނަނީ އަދި ހަމަލާ ބަދަލުކުރުން ހުއްޓާލާނެ ވަގުތަކާމެދު ދެފަރާތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެގާރަ ދުވަސްވަންދެން ދިން ހަމަލާތަކުގައި، މިހާތަނަށް ފަލަސްތީނުގެ 232 މީހުން ޝަހީދުވެފަވާއިރު އޭގެތެރެއިން 65 ކުޑަކުދިން ހިމެނެ އެވެ.
ހަމަލާތަކުގައި އިޒްރޭލުގެ 12 މީހުން މަރުވި އޭގެތެރޭގައި ހިމެނެނީ ދެ ކުޑަކުދިންނެވެ. އިޒްރާއީލުގެ ރަހުމެއް ނެތް ހަމަލަތަކުގައި އެތައް ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ވަނީ ޒަހަމުވެ، އެތައް ބައެއްގެ ގެދޮރުވަނީ ނެތި ގޮސް، މަގުމަތިވެފަ އެވެ.