ބޮލީވުޑްގެ މަޝްހޫރު އެތަށް ބަތަލާއިންނާ އެކު ޝާހް ފިލްމު ކުޅެފައި ވާއިރު އޭނާ އެންމެ ގިނައިން ފިލްމުތަކުން ފެނިފައި ވަނީ ޖޫހީ އަދި ކާޖޮލްއާ އެކުގަ އެވެ.
ގިނަ ބަޔަކަށް ކާޖޮލް އަދި ޝާހްގެ ޖޯޑު ކަމުދެ އެވެ. އަދި ބޮލީވުޑްގައި އެކުގައި އެންމެ ގިނައިން ފިލްމު ކުޅެފައިވާ ޖޯޑަކީވެސް އެއީ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ނަމަވެސް ކާޖޮލްއަށް ވުރެ ޝާހްއާ އެކު ގިނައިން ފިލްމު ކުޅެފައި ވަނީ ޖޫހީ އެވެ. އެގޮތުން އެމީހުން ވަނީ އެކުގައި 10 އަކަށްވުރެ ގިނަ ފިލްމުތަކުން ފެނިގެން ގޮސްފައެވެ. އެ ދެމީހުން ކުޅެފައިވާ ގިނަ ފިލްމުތަކަކީ ހިޓް ފިލްމުތަކެކެވެ.
ޖޫހީ އާއި ޝާހް އަކީ މިއަދުވެސް ގާތް އެކުވެރިން ކަމުގައި ވާއިރު ދެމީހުން އެކުގައި ފިލްމަކުން ފެނުމަށް ގިނަ ފޭނުން އެދެއެވެ.