ads
ތުތި ބޯވަ ދިލަމަހެއް
ތުތި ބޯވަދިލަ މަހުގެ މަސްވެރިކަމަށް ބޭނުންވާ ތަކެތި ދޫކުރަނީ
ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރަން ބޭނުންވާ ސާމާނު، ދިގު މުއްދަތެއްގައި އަގު އަދާކުރާ ގޮތަށް، އަނެއްކާ ވެސް ދޫކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރަން ބޭނުންވާ ސާމާނު، ދިގު މުއްދަތެއްގައި އަގު އަދާކުރާ ގޮތަށް، އަނެއްކާ ވެސް ދޫކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

މިއީ މި ޕްރޮގްރާމު ހުޅުވާލި ފަސްވަނަ ފަހަރެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މިފިޔަވަހީގައި ދޫކުރަން ނިންމާފައިވަނީ ދެ ސެޓު ކަމަށެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން ފުރިހަމައަށް ބޭނުން ކުރުމުގެ ގޮތުން ތުތިބޯވަ ދިލަމަހުގެ މަސްވެރިކަން ފުޅާކުރަން ބޭނުންވާ ކަމަށާއި އެގޮތުން މަސްވެރިކަމަށް ބޭނުންވާ ސާމާނު ހުޅުމާލޭގެ އިންޑަސްޓްރިއަލް އޭރިއާގައި ހުންނަ އެ މިނިސްޓްރީގެ ފެޑް ސެންޓަރުގައި ފެންނަން ހުންނާނެ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް އެ ތަކެތި އެތަނުން ފެންނަން ހުންނާނެ ކަމަށެވެ.

މިނިސްޓްރީން ދޫކުރާ ތަކެތީގެ އަގު 250،000 ރުފިޔާ އަށް އަރަ އެވެ. އަގު އަދާކުރަން ޖެހެނީ ފަސް އަހަރު ދުވަހުގެ ތެރޭގައި މަހަކު 4،400 ރުފިޔާ ދައްކާ ގޮތަށެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރަން ބޭނުންވާ ސާމާނު، ދިގު މުއްދަތެއްގައި އަގު އަދާކުރާ ގޮތަށް އެދޭ ފޯމު، މިހާރު ފިޝަރީޒް މިނިސްޓްރީން ދޫކުރަމުން އަންނައިރު އެ ފުރުސަތު ވަނީ މިމަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ރާއްޖެއަށް މުޅިން އަލަށް ތައާރަފުކޮށްފައިވާ ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ތުތި ބޯވަ ދިލަމަހުގެ މަސްވެރިކަމަކީ ވަރަށް ބޮޑު ފައިދާއެއް ލިބޭނެ މަސްވެރިކަމެއް ކަމަށް މިނިސްޓްރީން ބުނާއިރު ބޭރުގެ ބާޒާރުގައި ތުތި ބޯވަދިލަމަހުގެ ކިލޯއެއް އުޅެނީ 15.17 ޑޮލަރަށް ވުރެ މަތީގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް