އަރްޖުންގެ ބައްޕަ ބޮނީ ކަޕޫރު، މަޝްހޫރު އެކްޓަރު ސްރީދޭވީ އާއި ކައިވެނިކުރުމަށްފަހު އަރްޖުން އަށް ބައްޕައާއި ވަކިން އުޅެން ޖެހުނެވެ. އެޔަށްފަހު 2012ވަނަ އަހަރުގެ މާޗު 25ވަނަ ދުވަހު މަންމަ ވަނީ މަރުވެފައެވެ.
މަންމަ މަރުވުމަށްފަހު އަރުޖުންގެ ހަޔާތް އެކަނިވެރިވެގެންދިޔައިރު އަރްޖުންނާއި ކޮއްކޮ އަންޝުލާ ކަޕޫރް ހޭދަކުރީ ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށް އަރުޖުން ބުނެއެވެ.
އެހެންނަމަވެސް އަރްޖުން ދެކޭ ގޮތުގައި އަންޝުލާ އަރްޖުންއަށްޓަކައި އޭނާގެ އުފާތައް ދޫކޮށް އަރްޖުންގެ ހުވަފެން ހަގީގަތަކަށް ހެދޭތޯ ވަރަށް މަސައްކަތްކޮށްދީފައިވެެއެވެ. އަރްޖުން މިހާރު މަޝްހޫރު އެކްޓަރެއްގެ ގޮތުގައި ފެންނަން ހުރީވެސް އަންޝުލާގެ ބޮޑެތި ގުރުބާނީ ތަކެއްްގެ ސަބަބުންކަމަށް އޭނާ ގަބޫލުކުރެއެވެ.
އިންޑިއާގެ ނޫހަކަށް އަރްޖުން މިފަހުން ދިން އިންޓަވިއުއެއްގައި އޭނާއަށްޓަކައި ދިރިއުޅޭ މީހަކީ ކޮބާތޯ އެހުމުން ފާހަގަކޮށްފައިވަނީ ކޮއްކޮ އަންޝުލާގެ ނަމެވެ. އަރްޖުން ބުނީ އެމެރިކާއިން ކޯސް ފުރިހަމަކޮށް ގްރެޖުއޭޓް ވުމަށްފަހުވެސް އަންޝުލާ ހުންނަން ބޭނުންވީ އަރްޖުންގެ އުންމީދުތައް ފުރިހަމަ ކޮށްދިނުމަށް ގޭ މެނޭޖްކުރުމަށްޓަކައި އަރުޖުންއާއިއެކު މުމްބާއީގައި ކަމަށެވެ.
އަރްޖުން މަސަައްކަތްކުރަން ދާއިރު، އަންޝުލާގެ ކެރިއަރަށް ފޯކަސް ނުކޮށް އަރްޖުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ގޭގެ މަސައްކަތްތައް މެނޭޖްކުރުމަށް ގޭގައި މަޑުކުރީ އަންޝުލާ ކަމަށެވެ.
އަރްޖުން ބުނީ މައިންބަފައިން ނެތި ދިރިއުޅުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. ދަރިންގެ ތެރެއިން ކޮންމެވެސް އެކަކު ޒިންމާތަކެއް ނަގާ ގުރުބާނީތަކެއް ވާންޖެހޭ ކަމަށެވެ. އަރްޖުން ބުނީ އެ ގުރުބާނީ ވަނީ އަންޝުލާ ކަމަށެވެ.