ads
އައިޝްވާރިޔާ އާއި އަބީކޭޝް
އައިޝްވާރިޔާ ގާތު އިންނަށް އެހި މީހަކަށް އަބީޝޭކްގެ ޖަވާބު
އައިޝްވާރިޔާ އަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާއެއްގެ އިތުރުން މިސް ވޯލްޑްގެ މަގާމުވެސް ހޯދާފައިވާ ތަރިއެކެވެ. އައިޝްވާރިޔާގެ ރީތި މޫނާ ލޯ ފެނި ގިނަ ބަޔަކު ހިތް ކިޔައެވެ.
Advertisement

އައިޝްވާރިޔާ އާއި އޭނާގެ ފިރިމީހާ އަބީކޭޝް ބައްޗަން ރެޑް ކާޕެޓްގައި ފޮޓޯއަކަށް ހުއްޓިލައިން ތިއްބާ އައިޝްވާރިޔާގެ ފޭން އެއް "މެރީ މީ" ލިޔެފައިވާ ބެނާއެއް ނަގައިގެން ހުރި މަންޒަރު އަބީޝޭކް އަށް ފެނުނެވެ.

އެ މަންޒަރު ފެނި އައިޝްވާރިޔާ ހޭން ފެށި އެވެ. އަދި އަބީޝޭކް އެމީހާއަށް ދިމާލަށް ބުނީ އައިޝްވާރިޔާ މިހާރު އުޅެނީ އޭނައާ ކައިވެނިކޮށްގެން ކަމަށެވެ.

އަބީކޭޝް އެހެން ބުނުމާ އެކު ވަށައިގެން ތިބި އެންމެން ހޭން ފެށި އެވެ.

އަބީޝޭކް ބުނި ގޮތުގައި އޭނާ އައިޝްވާރިޔާއާ ކައިވެނިކުރަން ނިންމީ ފިލްމުގެ ޝޫޓިންއަކަށް ނިއުޔޯކަށް ގޮސް އުޅުމުގެ ތެރޭގައެވެ. އަބިޝޭކް ބުނީ އޭނާ ހޮޓަލެއްގެ ބެލްކަނީގަ އެކަނި ހުރެގެން ކަންކަމާ ވިސަނަމުން ދަނިކޮށް އައިޝްވާރިޔާއާ އިންނަން ހިތަށް އެރި ކަމަށެވެ.

އެހެންކަމުން އެ ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު އައިޝްވާރިޔާ ގޮވައިގެން ނިއުޔޯކަށް ގޮސް އެ ބެލްކަނީގައި އިންނަން އެހީ ކަމަށް އަބީޝޭކް ބުނެ އެވެ.

އަބީޝޭކް އާއި އައިޝްވާރިޔާ ކައިވެނި ކޮށްފައިވަނީ 2007 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. އެ ދެމީހުންނަށް ވަނީ 2011 ވަނަ އަހަރު އަންހެން ދަރިފުޅު އާރާދިޔާ ބައްޗަން ލިބިފަ އެވެ.

44%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް