އެޗްޕީއޭއިން އާންމު ކުރި ގޮތުގައި، މިއަދުގެ 15:45 ހާއިރަށް، މިއަދު އެކަނިވެސް ދެ ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ.
އެއީ ތ. ކިނބިދޫ އާއި މ. މުލަކެވެ. އަދި ހުކުރު ދުވަހު ތިން ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އެއީ ތ. ހިރިލަންދީ، ރ. ރަސްމާދޫ އަދި ވ. ފެލިދޫ އެވެ.
މިއާއެކު މިހާރު ރާއްޖޭގައި ޖުމުލަ 70 ރަށެއް މޮނީޓަރިންގެ ހާލަތުގައި ވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނީޓަރިންގެ ހާލަތުގައި އޮތީ ޅ. ނައިފަރެވެ. ނަރިފަރު މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ މާޗް މަހު 23ގައެވެ.
އޭގެ ފަހުން އޭޕްރީލް މަހު މޮނީޓަރިންއަށް ލާފައިވާ 16 ރަށެއް އަދިވެސް ވަނީ މޮނީޓަރިންގެ ހާލަތުގައެވެ. އެއީ އދ. މާމިގިލި، ތ. ވޭމަންޑޫ، ތ. މަޑިފުށި، ބ. އޭދަފުށި، ކ. ހިންމަފުށި، ކ. ގުޅި، ކ. މާފުށި، އއ. މަތިވެރި، ލ. މާންދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، އއ. އުކުޅަސް، ކ. ތުލުސްދޫ، ލ ދަނބިދޫ އަދި އއ. ރަސްދޫ އެވެ.
މިމަހުގެ މިހާތަނަށް ޖުމުލަ 53 ރަށެއް މޮނީޓަރިންގެ ހާލަރަށް ގެނެސްފައިވެއެވެ. އެއީ، އައްޑޫ ސިޓީ، ހއ. ދިއްދޫ، ފ. ފީއަލި، ކ. ގުރައިދޫ، ފ. ނިލަންދޫ، ލ. އިސްދޫ، ލ. މާވަށް، ފުވައްމުލަކު ސިޓީ، ށ. ޅައިމަގު، ރ. ހުރުދުއްފާޅު، ގދ. ގައްދޫ، ބ. ތުޅައިދޫ، ވ. ފުލިދޫ، އދ. މަހިބަދޫ، ރ. މަޑުއްވަރި، އއ. ފެރިދޫ، ހދ. ކުޅުދުއްފުށި، ށ. ކަނޑިތީމު، ށ. ގޮއިދޫ، ކ. ކާށިދޫ، ދ. ކުޑަހުވަދޫ، ގއ. ދާންދޫ، ޅ. ހިންނަވަރު، ގއ. ގެމަނަފުށި، ދ. ބަނޑިދޫ، ނ. ކެނދިކުޅުދޫ، ތ. ގުރައިދޫ، ދ. ހުޅުދެލި، ވ. ކެޔޮދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ލ. ކަލައިދޫ، އއ. ބޮޑުފޮޅުދޫ، ނ. މިލަދޫ، ނ. މާޅެންދޫ، ދ. މާއެނބޫދޫ، ކ. ދިއްފުށި، ލ. މާމެންދޫ، ގދ. ވާދޫ، ބ. ދަރަވަންދޫ، ހއ. މުރައިދޫ، ރ. އުނގޫފާރު، ކ. ގާފަރު، ނ. ލަންދޫ، ފ. ބިލެއްދޫ، ޅ. އޮޅުވެލިފުށި، ށ. މިލަންދޫ، މ. މުލި، ތ. ހިރިލަންދޫ، ރ. ރަސްމާދޫ، ފ. ފެލިދޫ، ތ. ކިނބިދޫ އަދި މ. މުލަކެވެ.
ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކޮވިޑުގެ ވަކި ހިއްޕާލާފައިވާއިރު، ފެނިގެން ދަނީ ދުވަހެއް ދުވަހަކަށް ކޭސްތައް ގިނަވަމުން އަންނަ މަންޒަރެވެ. ހަމައެކަނި އެޗްއީއޯސީއަށް ބަލާލާއިރުވެސް، ކޭސްތައް ބެކްލޮގްވެ، ދުވަހުން ދުވަހަކަށް ކޭސްތައް އެންޓާ ނުކުރެވިދިއުމުން ފެނިގެންދަނީ، މިހާރުގެ ހާލަތާއި، ރާއްޖޭގައި ހުރި ވަސީލަތްތަކާ ނުބައްދަލު ކަމެވެ.