ސިޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓު ހަމަލާއާއި ގުޅޭ ތަހުގީގު ފުލުހުން ކުރިއަށް ގެންދަވަނީ ވަރަށް އިންތިޒާމުވެގެން ކަމަށާއި، އަދި މިތަހުގީގުތައް ކުރިއަށް ގެންދަނީ ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް ކަމަށެވެ.
އަދި މިފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމެއް ބަލަމުން އަންނަ ކަމަށާއި، މިހަމަލާއާއި ގުޅޭ ކިތައްމެ ކުޑަ މައުލޫމާތެއްވިޔަސް، ނުވަތަ ވަރަށް ގިނަ މައުލޫމާތުވިޔަސް އެއްވެސް ފަރާތަކަށް އެނގިފައި ވާނަމަ ފުލުހުންނާއި ހިއްސާ ކުރުމަށްވެސް ސީޕީ ވަނީ އެދިފައެވެ.
ހަމަ އެހެންމެ މިފަދަ މައްސަލައެއްގެ ތަހުގީގަށް ހުރަސް އެޅިދާނެފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް އެއްވެސް މީހަކު ނުކުރުމަށްވެސް ސީޕީ ވަނީ އެދިފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށްމިމަހުގެ ހަވަނަ ދުވަހުގެރޭ ދިން ހަމަލާގެ ސަބަބުން ލިބިފައިވާ އަނިޔާތަކަށް އޭޑިކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވެ.
ބޮންގޮއްވާލައި އެމަނިކުފާނު މަރާލަން އުޅުނު މީހުންނަށް ފަންޑު ކުރި މީހުން ހޯދަން އެކަށިގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށް މައުލޫމާތު ލިބޭ ކަމަށް އިއްޔެ ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓުގައި ބުނެފައެވެ.